ލޫކާސް 2:41 - ކިތާބުލް މުޤައްދަސާ41 ކޮންމެ އަހަރަކު އީސާގެފާނުގެ މައިބަފައިކަލުން ފަހަނަޅައި ދިއުމުގެ ޢީދުގައި ބައިވެރި ވުމަށްޓަކައި ޖެރޫސަލަމަށް ވަޑައިގެން އުޅުނެވެ. အခန်းကိုကြည့်ပါ။ |
ތިމަންކަލާނގެ މި ކުރި ކަންތަކުގެ ހަނދާނުގައި ކަލޭމެން މި ދުވަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރަން ވާނެޔޭ. ކަލޭމެންގެ ދަރިކޮޅު މިރިމިރީންނަށް ދިޔަޔަސް ކޮންމެ އަހަރަކު މިދުވަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރަން ވާނެޔޭ. މިއީ މާތްރަސްކަލާނގެ ކުރެއްވި މި ކަންތަކުގެ ހަނދާން އާ ކުރުމަށް ފާހަގަ ކުރާ ދުވަހެކޭ. މިކަންތައް އަބަދަށްޓަކައި މި ގޮތަށް ކުރަމުން ގެންދާށޭ.
މިހާރު ވަނީ ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސް ވަރަށް ކައިރިވެފައެވެ. ވީމާ ޖެރޫސަލަމުން ބޭރު ސަރަހައްދުތަކުގެ މީހުން ވަނީ ޖެރޫސަލަމަށް އެއްވެފައެވެ. އެމީހުން އެޢީދު އައުމުގެ ދުވަސްކޮޅެއް ކުރިން އެރަށަށް އަންނަމުން ދަނީ އެޢީދަށް ތައްޔާރު ވުމުގެގޮތުން ސާފުތޯހިރު ވުމަށްޓަކައި ކުރަންވާ ކަންތައްތައް ކުރުމަށެވެ.
ފަހަނަޅައި ދިއުމުގެ ޢީދު އައުމުގެ ކުރިން އީސާގެފާނަށް އެކަލޭގެފާނު ބައްޕާފުޅު އަރިހަށް ވަޑައިގަންނަވާ ވަގުތު ޖެހިއްޖެކަން އެނގިވަޑައިގެންފިއެވެ. އީސާގެފާނު އެކަލޭގެފާނަށް އީމާންވެގެންވީ މީހުންދެކެ ނުހަނު ބޮޑަށް ލޯބިފުޅުވެއެވެ. އަދި އެންމެ ފަހު ދުވަހާއި ޖެހެންދެން ވެސް އީސާގެފާނު ދުނިޔޭގައިވާ އެކަލޭގެފާނުގެ މީސްތަކުންދެކެ ލޯބިފުޅުވިއެވެ.