Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 2:40 - ކިތާބުލް މުޤައްދަސާ

40 އެރަށުގައި އީސާގެފާނު ފުރިހަމަ ސިއްޙަތާއި އެކު ބޮޑުފުޅުވަމުން ދިޔައެވެ. އެކަލޭގެފާނީ ބުއްދިވެރި ޙިކުމަތްތެރި ހިތްހެޔޮ ކުއްޖަކު ކަމުގައި ވިއެވެ. އަދި މާތްރަސްކަލާނގެ ރުހުންފުޅާއި ރަޙުމަތް އެކަލޭގެފާނަށް ލިބިވޮޑިގެން ވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 2:40
17 ပူးပေါင်းရင်းမြစ်များ  

ދުވަސްތައް ވޭތިވެ ޔަޙުޔާގެފާނު ބޮޑުފުޅުވިއެވެ. މާތްރޫޙުފުޅު ޔަޙުޔާގެފާނަށް މާތްރަސްކަލާނގެ އާއިމެދު އުނގަންނައި ދެއްވިއެވެ. ޔަޙުޔާގެފާނު ބޮޑުފުޅު ވުމަށް ފަހު، އެކަހެރި މީހުން ނޫޅޭ ހިސާބަކަށް ވަޑައިގެން އެތަނުގައި ދިރިއުޅުއްވިއެވެ. ދެން އެތައް ދުވަހަކަށް ފަހު އެކަލޭގެފާނު އެތަނުން އެނބުރި ވަޑައިގެން ބަނީއިސްރާއީލުންގެ މީހުންގެ ތެރޭގައި ފާޅުގައި މާތްރަސްކަލާނގެ އާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ފެއްޓެވިއެވެ.


އެކަލޭގެފާނުގެ ވިސްނުންފުޅުތޫނުކަމާއި ދެއްވަމުން ގެންދެވި ޖަވާބުފުޅުތަކުގެ ހަރުދަނާ ކަމުގެ ސަބަބުން އެތާނގައި ތިބި އެންމެން ވަރަށް ބޮޑަށް އަޖައިބުވިއެވެ.


އީސާގެފާނަށް މާތްރަސްކަލާނގެ އާއި މީސްތަކުންގެ ރުހުން ލިބިވަޑައިގެން ވިއެވެ. އަދި ވިސްނުންތެރިކަން ލިބިވަޑައިގެން އެކަލޭގެފާނު ބޮޑުފުޅުވެ ވަޑައިގެންނެވިއެވެ.


މާތްރަސްކަލާނގެ ބަސްފުޅު އިންސާނަކަށް ވިއެވެ. އަދި އެބަސްފުޅު، ނުވަތަ އެކަލޭގެފާނު އަހަރެމެންގެ ތެރޭގައި އުޅުއްވަން ވަޑައިގަތެވެ. އެކަލޭގެފާނަކީ ނިހާޔަތަށް ވަފާތެރި ހަންހާރަވެތި ބޭކަލެކެވެ. އަހަރެމެންނަށް ވަނީ އެކަލޭގެފާނުގެ ޖަލާލަތުކަން ފެނިފައެވެ. އެ ޖަލާލަތުކަމަކީ މާތްރަސްކަލާނގެ، އެކަލާނގެ ޚާއްސަ ކުރެއްވި ހަމައެކަނި ފަރާތަށް ދެއްވާ އެކަލާނގެ ޖަލާލަތު ކަމެވެ.


ޔަޤީންކަމާއި ސާބިތުކަމާއި އެކު އީސާގެފާނުގެ މަންދޫބުން މީސްތަކުންނަށް އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރި ވަޑައިގެންނެވި ކަމުގައި އަންގައިދެމުން ގެންދިޔައެވެ. އަދި މާތްރަސްކަލާނގެ އީސާގެފާނަށް އީމާންވެގެން ތިބި ހުރިހާ އެންމެންނަށް ވަރަށް މަތިވެރި ނިޢުމަތްފުޅެއް ދެއްވިއެވެ.


އަހަރެން ތިޔަބައިމީހުންނަށް ބުނާ ފަހުބަހަކީ މިއީއެވެ. މާތްސާހިބާއާ ގުޅިފައިވެ އެކަލޭގެފާނުގެ ހަކަތައިން ތިޔަބައިމީހުން ބާރުހޯދާށެވެ.


އެހެންވީމާ މަގޭ ދަރިފުޅާއެވެ. އީސާ އަލްމަސީޙުގެ ނިޢުމަތްފުޅުން ބާރު ލިބިގަންނާށެވެ.


ނަމަވެސް ޞަމޫއީލް މާތްރަސްކަލާނގެ އަށް ޚިދުމަތް ކުރުމުގައި ދެމިހުށްޓެވެ. އޭނާ ކުޑަޔަކަސް ހުންނަނީ ލިނެން ފޮތިން އިމާމުން ލާ ކަހަލަ އަފޫދު ހެދުމެއް ލާފައެވެ.


ޙައްނާ އާއި މެދު މާތްރަސްކަލާނގެ އޯގާވެރިވެ ވޮޑިގަތެވެ. ޙައްނާ ފަސް ފަހަރު ބަލިވެ އިނދެ ތިން ފިރިހެން ދަރިންނާއި ދެ އަންހެން ދަރިން ލިބުނެވެ. އޭރު އޭނާގެ ދަރިފުޅު ޞަމޫއީލް މާތްރަސްކަލާނގެއަށް ޚިދުމަތް ކުރުމުގައި އުޅެ ބޮޑުވަމުން ދިޔައެވެ.


ކުޑަކުޑަ ޞަމޫއީލް ބޮޑުވެ ރޫފަ ޖެހިއްޖެއެވެ. މީސްތަކުންނާއި އަދި މާތްރަސްކަލާނގެ ރުހުން އޭނާ ހޯދިއެވެ.


ޞަމޫއީލް ބޮޑުވެ ތަސައްރަފު ފުދެންދެން މާތްރަސްކަލާނގެ އޭނާއާއެކު ވޮޑިގެންވިއެވެ. އަދި މާތްރަސްކަލާނގެ އޭނާއަށް އެންގެވި އެއްވެސް އެންގެވުމެއް ކައްޗަކާ ގޮސްފައެއް ނެތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ