Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 2:4 - ކިތާބުލް މުޤައްދަސާ

4 އެހެންކަމުން ޔޫސުފު ވެސް ގަލީލީގައި ވާ ނާޒަރަތު އޭ ކިޔުނު ރަށުން ދަތުރުކޮށް ޖުދެއާގެ ރަށެއް ކަމުގައިވާ ބައިތުލަޙަމަށް ދިޔައެވެ. ޔޫސުފުއަށް އެރަށަށް ދާން ޖެހުނު ސަބަބަކީ އޭނާއަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ މީހަކަށް ވާތީއެވެ. މިރަށަކީ ދާއޫދުގެފާނު ވެސް އުފަންވި ރަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 2:4
24 ပူးပေါင်းရင်းမြစ်များ  

އަދި އެބައިމީހުން އަފްރާތާއަށް ދިޔަ މަގުމަތީގައި ބައިތުލަޙަމުގެ ސަރަހައްދުގައި ރާޙީލް ވަޅުލިއެވެ.


އަހަރެން މި ހުރިހާ ކަމެއް މިފަދައިން މިކުރަނީ ތިބާގެ މައިކަނބަލުން ރާޙީލްއަށްޓަކައި. އަހަރެން ހުޅަނގު އުތުރު މެސޮޕޮޓޭމިއާއިން ދަތުރުކޮށް އައި މަގުމަތީގައި އަފްރާތާ އާއި މާ ދުރުނޫން ހިސާބެއްގައި ކަންޢާނުގައި ރާޙީލް ނިޔާވި. އޭރު އަހަރެމެން ދަތުރު ކުރަމުން ގެންދިޔައީ އަފްރާތާ އާއި ދިމާލަށް. މިކަންތަކުން އަހަރެންނަށް ވަރަށް ހިތްދަތިކަން ލިބުނު. އަދި އަފްރާތާއަށް ދާ މަގުގެ އެއްފަރާތުގައި އަހަރެން އޭނާ ވަޅުލިން.⁠“ (މިހާރު އަފްރާތާގެ ނަމަކީ ބައިތުލަޙަމެވެ.)


ނަމަވެސް ޔޫސުފު މި ގޮތަށް ނިންމުމަށް ހިތަށް އެރި ހިނދު، ޔޫސުފުއަށް ހުވަފެނުގައި މާތްރަސްކަލާނގެ މަލާއިކަތާ ވަޑައިގެން މިފަދައިން ވިދާޅުވާތީ ފެނުނެވެ. ”⁠ދާއޫދުގެފާނުގެ ދަރިކޮޅުގެ ޔޫސުފު. މަރިޔަމްގެފާނާއި ކައިވެނި ކުރުމަށް ތިބާ ބިރުވެތިނުވޭ. އެކަމަނާ އާލާސްވެ އިންނެވީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން.


އެމީހުން ގޮސް ތިބީ ނާޒަރަތު ކިޔާ ސަހަރުގައެވެ. އެހެންކަމުން ނަބީބޭކަލުންނަށް މާތްރަސްކަލާނގެ އެންގެވި މިއެންގެވުން އެފަދައިން ހިނގަދިޔައެވެ. ”⁠އެކަލޭގެފާނަށް ނިސްބަތް ކުރެވޭނީ ނާޒަރަތުގެ މީހާ މިނަމުން.⁠“


އޭނާ އެރަށަށް ދިޔައީ އޭނާއާއި ކައިވެނި ކުރުމަށް ހަމަޖެހިފައިވާ މަރިޔަމްގެފާނާއި އެކުގައެވެ. މަރިޔަމްގެފާނު އޭރު އިންނެވީ އާލާސްވެއެވެ.


އީސާގެފާނު އެނބުރި އެކަލޭގެފާނު އުޅެ ބޮޑުފުޅުވި އަމިއްލަފުޅު ރަށް ކަމަށްވާ ނާޒަރަތަށް ވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނު އާދަވެވަޑައިގެން ކަންކުރައްވާ ފަދައިން ސަބަތުގެ ދުވަހުގައި ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒަކަށް ވަޑައިގެންނެވިއެވެ. އެތާނގައި އެކަލޭގެފާނު މާތްރަސްކަލާނގެ ބާވައިލެއްވި ބަސްފުޅު ކިޔަވާ ވިދާޅުވުމަށްޓަކައި ތެދުވެ ވަޑައިގެންނެވިއެވެ.


ނަތާނިއެލް ބުންޏެވެ. ”⁠ނާޒަރަތޭ. ނާޒަރަތުގައި އެއްވެސް ރަނގަޅުކަމެއް ވެދާނެހެން ކަލެއަށް ހީވޭތަ؟⁠“ ފިލިޕު ބުންޏެވެ. ”⁠އަޅެ އަހަންނާއި އެކު އައިސް ކަލޭ ވެސް ބަލާބަލަ.⁠“


ބާވައިލެއްވިގެންވާ ފޮތްތަކުގައި ސާފުކޮށް ލިޔެވިގެން ވަނީ އަލްމަސީޙު ވަޑައިގަންނަވާނީ ދާއޫދުގެފާނުގެ ދަރިކޮޅުން ކަމުގައި. އަދި އެކަލޭގެފާނު އުފަންވާނީ ވެސް ދާއޫދުގެފާނު އުޅުއްވި ރަށް ކަމުގައިވާ ބައިތުލަޙަމުގަ ކަމަށް.⁠“


ނުޢުމީ އާއި ރާޢޫތުއަށް ބައިތުލަޙަމްއަށް އާދެވުނުއިރު އެއަވަށުގެ އެންމެން ވެސް އެދެމީހުން ފެނި އަޖައިބު ވިއެވެ. އަދި އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިއީ ހަމަ އެ ނުޢުމީ ތަ؟⁠“


ބޫޢަޒު އޭނާގެ ދަނޑުގެ ކަންތައްތައް ހުރިގޮތް ބެލުމަށް ބައިތުލަޙަމުން އައެވެ. އޭނާގެ މަސައްކަތްތެރިންނާ އޭނާ ސަލާމް ކުރިއެވެ. ”⁠މާތްރަސްކަލާނގެ ކަލޭމެންނާ އެކުގައި ވާށި.⁠“ އޭނާ ބުންޏެވެ. ”⁠މާތްރަސްކަލާނގެ ތިޔަ މަނިކުފާނަށް ބަރަކާތްލައްވާށި.⁠“ ދަނޑުވެރިން ޖަވާބު ދިނެވެ.


އަވަށުގެ ބޮޑުންނާއި އަދި ވެސް އެތާނގައި ވީ ހުރިހާ އެންމެން ބޫޢަޒުއަށް ބުންޏެވެ. ”⁠އަހަރެމެން ތިޔަ ކަންތައްތަކަށް ހެކި ވެއްޖައީމު. މާތްރަސްކަލާނގެ ކަލޭގެ އަންހެނުންނަށް އެކަލާނގެ ޔަޢުޤޫބުގެފާނުގެ ދެއަނބިކަބަލުން ލައިއަތު އާއި ރާޙީލް އަށް ދެއްވި ފަދަ ދަރިން ދެއްވާށި. އެ ދަރިން ވަނީ އިސްރާއީލުގެ ޤައުމު ބިނާކޮށްފައި. އަދި ކަލެއަކީ އަފްރާތާ ގަބީލާގައި މުއްސަންޖަކު ކަމުގައި ލައްވައި ބައިތުލަޙަމުގައި ބޮޑަކު ކަމުގައި ލައްވާފާނދޭވެ!


ދެން އަވަށްޓެރި އަންހެނުންތައް އައިސް ”⁠ނުޢުމީ އަށް ދަރިއަކު ލިބިއްޖެޔޭ⁠“ ކިޔައިފިއެވެ. އޭނާގެ ނަމަކަށް އެމީހުން ކީ ޢޫބީދު އެވެ. އޭނާއަކީ ޔައްސާގެ ބައްޕައެވެ. އެއީ ދާއޫދުގެފާނުގެ ބައްޕަވެސް މެއެވެ.


މާތްރަސްކަލާނގެ ޞަމޫއީލްގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ކަލޭގެފާނު ޝާއުލްގެފާނާ މެދު ހިތާމަ ކުރައްވަން ހުންނަވާނީ ކިހާ ދުވަހަކު؟ ތިމަންކަލާނގެ މިވަނީ އިސްރާއީލުގެ ރަސްކަމުން ޝާއުލްގެފާނު ބޭރު ކުރައްވާފައި. ފުޅިއަކަށް ޒައިތޫނި ތެޔޮ އަޅައިގެން ބައިތުލަޙަމުގެ ޔައްސާގެ ގާތަށް ދޭ. އޭނާގެ ދަރިޔަކަށް އިސްރާއީލުގެ ވެރިކަން ދެއްވުމަށް ތިމަންކަލާނގެ ހަމަޖައްސަވައިފިން.⁠“


ޞަމޫއީލްގެފާނު މާތްރަސްކަލާނގެ އެންގެވި ގޮތަށް ކަންތައް ކުރެއްވިއެވެ. އެކަލޭގެފާނު ބައިތުލަޙަމަށް ވަޑައިގަތުމުން ބައްދަލު ކުރުމަށް ދިޔަ އެރަށުގެ ބޮޑުން ބިރުން ތުރުތުރުލައިގަތެވެ. ”⁠ކަލޭގެފާނު ތިޔަ ވަޑައިގެންނެވީ އަމާންކަން މަތީގައި ތޯ؟⁠“


ދާއޫދުގެފާނަކީ ޔަހޫޛާގެ ބައިތުލަޙަމުގެ އަފްރާތީ ޚާންދާނުން އައިސްހުރި ޔައްސާގެ ދަރިއެކެވެ. ޔައްސާގެ އަށް ދަރިން ތިބެއެވެ. ޝާއުލްގެފާނުގެ ޒަމާން އައިއިރު އޭނާ ހުރީ މުސްކުޅި ވެފައެވެ.


ޝާއުލްގެފާނު އެއްސެވިއެވެ. ”⁠އޭ ޒުވާނާ! ކަލޭ ތީ ކާކުގެ ދަރިއެއްތަ؟⁠“ ”⁠އަޅުގަނޑު މީ މަސާހިބުގެ ޚާދިމު ބައިތުލަޙަމުގެ ޔައްސާގެ ދަރިއެއް.⁠“ ދާއޫދު ދެންނެވިއެވެ.


ކަލޭގެ ބައްޕައަށް އަހަރެން ނުފެނިގެން ސުވާލު ކޮށްފި ނަމަ ބުނޭ އަހަރެން ދިޔައީ އާއިލާގެ ގާތަށް ބައިތުލަޙަމަށް ދާން ހުއްދަ ހޯދައިގެންނޭ. އެއީ ގަބީލާގެ އެންމެން އަހަރީ ޤުރުބާނީ ވެދުން ކުރާ ދުވަސް ވީމަ އޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ