Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 2:37 - ކިތާބުލް މުޤައްދަސާ

37 އޭނާގެ ފިރިމީހާ މަރުވިއެވެ. މިހާރު އޭނާގެ އުމުރަކީ އަށްޑިހަ ހަތަރު އަހަރެވެ. އޭނާގެ ފިރިމީހާ މަރުވީއްސުރެ ހުވަފަތް އަންހެނެއްގެ ގޮތުގައި އޭނާ ހުއްޓެވެ. އޭނާ ރެއާއި ދުވާލު ހޭދަކުރަނީ ބައިތުލް މަޤްދިސްގައި ދުޢާކޮށް ރޯދަހިފާ އަޅުކަން ކުރުން މަތީގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 2:37
16 ပူးပေါင်းရင်းမြစ်များ  

ބަޞަލީލު ދެން ހެދީ އަތް ފައި ދޮންނަ ބިލިގާ ތައްޓެއް ވެ. މި ބިލިގާއާއި އެ ބަހައްޓާ ހަރުގަނޑު ހަދާފައި ހުރީ ވެސް ކަފުލޮއިންނެވެ. މި ތައްޓާއި ހަރުގަނޑު ހަދަން ކަފުލޮއި ހަދިޔާ ކުރީ ފޭލިގެކޮޅުގެ ދޮރުމަތި ބަލަހައްޓަން ތިބޭ އަންހެންވެރިންނެވެ. މިކަމަށް އެމީހުން ގެންގުޅޭ ކަފުލޯ މޫނުބަލާ ލޯގަނޑުތައް ހަދިޔާކުރިއެވެ.


އެމީހުން އީސާގެފާނާއި ދިމާލަށް ބުންޏެވެ. ”⁠ޔަޙުޔާގެފާނުގެ އަސްޙާބީން ވެސް އަދި ފަރީސީނުގެ އަސްޙާބީން ވެސް މަހަކު އެތައްފަހަރަކު ރޯދަހިފާ ދުޢާކޮށް ހަދާ. އެކަމަކު ކަލޭގެފާނުގެ އަސްޙާބީން އެފަދައަކުން ކަންތަކެއް ނުކުރޭ.⁠“


ދެން މި ބައިމީހުން އިތުރަށް ވެސް ދުވަސްކޮޅަކު ރޯދަހިފާ ދުޢާ ކުރުމަށް ފަހު ބަރުނައްބާސް އާއި ޝާއުލްއަށް ހިތްހެޔޮކަންދީ އެމީހުންގެ ބޮލުގައި އަތްލާ އެމީހުންނަށް ރަޙުމަތްލެއްވުމަށް އެދި ދުޢާ ކުރުމަށް ފަހު އެމީހުންގެ މަގުގައި ކުރިއަށް ފޮނުވިއެވެ.


ދެން ޕައުލް އާއި ބަރުނައްބާސް އީސާގެފާނަށް އީމާންވާ މީހުންގެ ކޮންމެ ޖަމާޢަތްތަކަށް ވެސް އެ ޖަމާޢަތެއް ބެލެހެއްޓުމަށް ބޮޑުން ޚިޔާރު ކުރިއެވެ. އަދި އެމީހުން ރޯދަހިފާ ދުޢާކޮށް މި ބޮޑުން ރަނގަޅަށް ބެލެހެއްޓެވުމަށް އެދި އެމީހުން އީމާންވެގެންވީ މާތް ސާހިބާ އީސާގެފާނަށް ދެންނެވިއެވެ.


ބަނީއިސްރާއީލު މީހުންގެ ބާރަ ގަބީލާގެ ދަރިކޮޅުގެ މީހުން ރެއާއި ދުވާލު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރަމުން ދަނީ ހަމަ މިބުނި ވަޢުދުފުޅު ފުރިހަމަވެ ނިމޭނެ ދުވަހެއްގެ އުންމީދުގަ. އިއްޒަތްތެރި އަގިރިފާ ރަސްގެފާނު، ނަމަވެސް މިއަދު އަޅުގަނޑު ޝަރީޢަތުގެ ކުރިމައްޗަށް ގެނެވިފައި މި ވަނީ އަޅުގަނޑު ވެސް ހަމަ އެ ވަޢުދުފުޅު ފުރިހަމަ ވުމަށް އުންމީދުކޮށް ގަބޫލު ކުރާތީ.


އެހީތެރިވާނޭ ފަރާތެއް ނެތް އެކަނިވެރި ހުވަފަތް އަންހެނުން އެކަނބަލުންގެ ހުރިހާ އުންމީދުތަކެއް މާތްރަސްކަލާނގެއަށް ރައްދުކޮށް ރޭގަނޑާއި ދުވާލު އެކަލާނގެ މަދަދަށް އެދި ދަންނަވައެވެ.


ނަސްރު ހޯދާ ކޮންމެ ފަރާތަކީ އެއީ އަހަރެންގެ މާތްކަލާނގެ ގެކޮޅުގައިވާ ތަނބެއް ކަމުގައި އަހަރެން ހަދާނަން. އަދި އެބައިމީހުން ދާއިމަށް އެތަނުގައި ތިބޭނެ. އެމީހުންގެ ގައިގައި އަހަރެންގެ މާތްކަލާނގެ ނަންފުޅާއި، އަދި އަހަރެންގެ މާތްކަލާނގެ ސަހަރު ކަމުގައިވާ އާ ޖެރޫސަލަމުގެ ނަންފުޅު ވެސް ލިޔާނަން. އާ ޖެރޫސަލަމް އަންނާނީ އަހަރެންގެ މާތްކަލާނގެ ޙަޟްރަތުން އުޑުން. އަދި ހަމައެހެން އެމީހުންގެ ގައިގައި އަހަރެންގެ އާ ނަން ވެސް އަހަރެން ލިޔާނަން.


އެހެންވެގެން އެބައިމީހުން ތިބީ މާތްރަސްކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައެވެ. އަދި އެމީހުން ދުވާލާއި ރޭގަނޑު މާތްކަލާނގެ ގެކޮޅުގައި އެކަލާނގެއަށް ޚިދުމަތް ދެއްވައެވެ. ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުގެ ވޮޑިގެންވުމުގެ ސަބަބުން އެބައިމީހުންނަށް ރައްކާތެރިކަން ލިބޭނެ.


އިނބަރަސްކަލާނގެ ފިޔަވައި މުޤައްދަސް ވަންތަ ކަލަކު ނުވޭ. އިނބަރަސްކަލާނގެ ފިޔަވައި ރައްކާތެރިކަމުގެ ނިވަލެއް ދެވޭނެ އެހެން ފަރާތެއް ނުވޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ