ލޫކާސް 2:36 - ކިތާބުލް މުޤައްދަސާ36 މާތްރަސްކަލާނގެ މީސްތަކުންނަށް އެންގެވުމަށް ވާ ވަޙީބަސްފުޅަކައިގެން ވީ ބޭކަނބަލަކު އެތާނގައި ވިއެވެ. އޭނާއަކީ އަޝޭރުގެ ދަރިކޮޅުން އައި ފަނުއިލުގެ އަންހެން ދަރި އަންނާއެވެ. މީނާއަކީ މިހާރު ވަރަށް މުސްކުޅިވެފައިވާ މީހެކެވެ. އޭނާ މީހަކާ އިނދެ ހަތް އަހަރު ވެފައި ވަނިކޮށް အခန်းကိုကြည့်ပါ။ |
މިގޮތުން މިފަދަ ބޮޑު މީހަކު ވާންޖެހޭނީ އޭނާގެ ދިރިއުޅުމާއި ގުޅޭގޮތުން ދެކެވޭ ބަދުނާމު ލިބޭފަދަ ވާހަކަތަކުން ދުރުހެލިވެފައިވާ މީހަކަށެކެވެ. އޭނާގެ އަނބިމީހާއަށް ވާފާތެރި މީހެއްކަމުގައި ވާންޖެހޭނެއެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވޭ ހެޔޮ ވިސްނޭ މީހެއް ކަން ސާބިތުކޮށް ދިނުމުގެ އިތުރުން އިޙްތިރާމް ލިބިގެންވާ މީހެއް ކަމުގައި ވާންޖެހޭނެއެވެ. އޭނާގެ ކައިރިއަށް ޒިޔާރަތްކުރާ މެހުމާނުންނަށް ހެޔޮ ގޮތުގައި މެހުމާންދާރީ އަދާ ކުރުމާއެކު މީސްތަކުންނަށް ތެދު ޚަބަރު އަންގައިދެވޭފަދަ އަމަލުތަކުގެ ވެރިއެއް ކަމުގައި ވާންޖެހޭނެއެވެ.