Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 2:32 - ކިތާބުލް މުޤައްދަސާ

32 އިނބަރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ ކަލޭގެފާނު ކަމުގައިވާ އަލްމަސީޙު މެދުވެރިކޮށް ދުނިޔޭގެ ޤައުމުތަކުގެ މީސްތަކުންނަށް އިނބަރަސްކަލާނގެ އަކީ ކޮބައިކަން ހާމަ ކުރައްވާނެ. އަލްމަސީޙުގެ ސަބަބުން ބަނީއިސްރާއީލު މީހުންނަށް އިނބަރަސްކަލާނގެ މަތިވެރިކަން ފެންނާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 2:32
22 ပူးပေါင်းရင်းမြစ်များ  

އެތަނުގައި އަނދިރީގައި ދިރިއުޅެމުންދާ މީހުންނަށް ގަދަފަދަ އަލިކަމެއް ފެނިއްޖެއޭ! މަރުގެ ހިޔަނީގެ ތެރޭގައި ތިބި މީހުންގެ މައްޗަށް އަލިނޫރު ދިއްލިއްޖެއޭ!


މި މަލާއިކަތާ ވިދާޅުވިއެވެ. ”⁠ބިރުނުގަނޭ. އަހަރެން މިއައީ ކަލޭމެންނަށް ރަނގަޅު އުފާވެރި ޚަބަރަކާއިގެން. އެޚަބަރެއްގެ ސަބަބުން އެންމެން އުފާ ކުރާނޭ ޚަބަރަކައިގެން.


އެމަގަކީ އިނބަރަސްކަލާނގެ އެންމެހައި ޤައުމުތަކުގެ މީސްތަކުންނަށް ހާމަކުރައްވާ ދެއްވާނެ ދިންނެވުމުގެ މަގު.


އެއީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ ފަރާތް ކަމުގައިވާ އަލްމަސީޙަށް އަނިޔާ ލިބިވަޑައިގެން މަރުވާނެ ކަން. އަދި މަރުވުމަށް ފަހު ފުރަތަމަ ދުނިޔެއަށް ވަޑައިގަންނަވާނެ ބޭކަލަކަށް އެކަލޭގެފާނު ވާނެކަން. އަދި މަރުވުމަށް ފަހު އެކަލޭގެފާނު އަލުން ދިރިވަޑައިގެން ދިންނެވުމުގެ އަލިކަން ބަނީއިސްރާއީލު މީހުންނަށާ އަދި ދުނިޔޭގެ އެންމެންނަށް ހާމަކުރައްވާނެ ކަން ވެސްމެ.⁠“


އަހަރެން ބުނަންތަ؟ މާތްރަސްކަލާނގެ މި ދިންނެވުން ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް ދެއްވައިފި. އަދި އެމީހުން އެބަސްފުޅު ގަބޫލު ވެސް ކުރާނެ.⁠“ ޕައުލްގެ މި ބަސްތައް އިވުމުން އެތާނގައި ތިބި ބަނީއިސްރާއީލު މީހުންގެ މެދުގައި މި ބަސްތަކާއި މެދު ބަހުސް ކުރެވި ދެބަސްވުންތައް އުފެދި އެމީހުން އެތަނުން ދިޔައެވެ.


އެ ސަހަރަށް އަލިކަން ލިބިދިނުމަށް އިރާއި ހަނދު ބޭނުމެއް ނުވެއެވެ. ސަބަބަކީ މާތްރަސްކަލާނގެ ނޫރުފުޅު އެ ސަހަރުގައި ބަބުޅަމުން ދެއެވެ. އަދި އެ ސަހަރުގެ ބައްތިއަކީ ޅަކަންބަޅި ކަމުގައި ވުމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ