ލޫކާސް 2:26 - ކިތާބުލް މުޤައްދަސާ26 މާތްރޫޙުފުޅު އޭނާއަށް ހާމަކޮށްދެއްވީ މާތްރަސްކަލާނގެ ފޮނުއްވާނެ ޚާއްސަ ބޭކަލުން ކަމުގައި ވީ އަލްމަސީޙު ނުދެކި އޭނާ މަރުނުވާނޭ ކަމުގައެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް މިފޮތުގައި ލިޔެވިގެން މިވާ ކަންތައްތައް ލިޔެވިފައި އެވަނީ އެކަމުގެ ސަބަބުން ކަލޭމެން ވެސް އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތްކަން ގަބޫލު ކުރާނެ ގޮތް ވުމަށެވެ. އަދި އަލްމަސީޙު އަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ގަބޫލު ކުރުމަށް ވެސް އެހީވުމަށްޓަކައެވެ. އެއީ އެކަލޭގެފާނު ގަބޫލު ކޮށް އީމާންވުމުގެ ސަބަބުން ކަލޭމެންނަށް ވެސް އާ ދިރިހުރުމެއް ލިބޭނެތީއެވެ.
އިދުރީސްގެފާނު އަވަހާރަވެ ނުދިޔައީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އެކަލޭގެފާނުގެ ހަށިގަނޑު ފަހަކުން ނުފެނުނެވެ. އެހެނީ މާތްރަސްކަލާނގެ އެކަލޭގެފާނާމެދު ރުހިވޮޑިގެން އެކަލޭގެފާނު އުޑަށް އުފުއްލެވީއެވެ. އެކަލޭގެފާނު އުފުއްލެވުމުގެ ކުރީގައި މާތްރަސްކަލާނގެ އެކަލޭގެފާނާމެދު ރުހިވޮޑިގަންނަވާކަން ވަނީ އަންގަވާފައެވެ.