މާތްރޫޙުފުޅު އޭނާއަށް އެންގެވުމުން އޭނާ ބައިތުލް މަޤްދިސްގެ ހަރަމްފުޅުގެ ގޯތިތެރެއަށް ދިޔައެވެ. އެވަގުތަކީ އީސާގެފާނުގެ މައިންބަފައިން މާތްރަސްކަލާނގެ ކުރައްވާފައިވާ އަމުރުފުޅުތަކާއި އެއްގޮތަށް ކަންތައްތައް ކުރުމުގެ ގޮތުން އެކަލާނގެ ކިބަފުޅަށް ހުށައެޅުމަށްޓަކައި އީސާގެފާނު ބައިތުލް މަޤްދިސްއަށް ގެންދެވި ވަގުތެވެ.