Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 2:20 - ކިތާބުލް މުޤައްދަސާ

20 މި ހުއިހައްޕާ މީހުން އެމީހުންނަށް މިފެނުނު ކަންތަކާއި އަދި މަލާއިކަތުން ވިދާޅުވިގޮތުގެ މަތިން ހުރިހާ ކަމެއް ވީތަން ދެކެ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔަމުން އެބައިމީހުންގެ މަސައްކަތަށް އެނބުރި ހިނގައްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 2:20
13 ပူးပေါင်းရင်းမြစ်များ  

މީސްތަކުންނަށް މިތަން ފެނި އެބައިމީހުން ނުހަނު އަޖައިބުވިއެވެ. އަދި އިންސާނަކަށް މިފަދަ މަތިވެރި ބާރެއް ދެއްވި ކަމަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް އެ ހުރިހާ އެންމެން ޙަމްދު ކުރިއެވެ.


މީސްތަކުންނަށް އެކަލޭގެފާނު ގޮވާލައްވަމުން ގެންދެވިއެވެ. ”⁠އަހަރެންނަށް ފަހު ވަޑައިގަންނަވާ ބޭކަލަކީ އަހަރެންނަށް ވުރެން މާ މަތިވެރި ބޭކަލެއް. އަހަރެންނަކީ އެބޭކަލެއްގެ ފައިންޕުޅު ދަށަށް ގުދުވެ ފައިވާންފުޅު މޮހެދެއްވާ އަޅެއްގެ ގޮތުގައި ވުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން.


ހަމަ އެވަގުތު އޭނާގެ ލޮލަށް އަލިވެއްޖެއެވެ. ދެން އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުކުރަމުން އީސާގެފާނުގެ އަރިހުގައި ހިނގައްޖެއެވެ. މިތަން ދުށް އެންމެން ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުކުރިއެވެ.


ބަނީއިސްރާއީލުގެ އީސާގެފާނަށް އީމާންވެގެންވީ މީހުންނަށް ޕަތަރަސްގެ މި ވާހަކަތަކުގެ އަޑު އިވުމުން އޭނާއާއި ދެކޮޅަށް ވާހަކަ ދެއްކުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް މިފަދައިން ހަމްދާއި ޝުކުރު ކޮށް ސަނާކިޔެވެ. ”⁠ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް އެކަލާނގެ ކިބަފުޅަށް އެނބުރުމުގެ ފުރުސަތު މާތްރަސްކަލާނގެ ދެއްވައިފި. އަދި އެމީހުންނަށް ނިމުންނުވާ ދިރިހުރުން އެކަލާނގެ ދެއްވައިފި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ