17 އެބައިމީހުންނަށް އީސާގެފާނު ފެނުމުން މަލާއިކަތުން މިތުއްޕުޅު ކަލޭގެފާނާއި މެދު ދެއްވި ޚަބަރުތަކުގެ ވާހަކަ މީސްތަކުންނަށް ކިޔާދިނެވެ.
މިބައިމީހުން އަވަސް އަވަހަށް އެރަށަށް ގޮސް މަރިޔަމްގެފާނާއި ޔޫސުފު ހޯދިއެވެ. އަދި އެ ތުއްޕުޅު ކަލޭގެފާނު ގެރި ބަކަރިއަށް ކާންދޭ ހުއިއަޅާފައިވާ ފޮއްޓެއްގެ ތެރޭގައި އޮއްވާ ފެނުނެވެ.
މި ވާހަކައިގެ އަޑުއެހި ކޮންމެމީހަކު މިކަމާމެދު ވަރަށް ބޮޑަށް ހައިރާންވެ އަޖައިބު ވިއެވެ.
އެވަގުތު މީނާ ވެސް އެމީހުންގެ ކައިރިއަށް އައެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުކުރިއެވެ. އަދި ބަނީއިސްރާއީލު މިނިވަންވާނެ ދުވަހަކަށް އޭނާއާއި އެއްފަދައިން އިންތިޒާރުކޮށްގެން ތިބި އެހެން އެންމެންގެ ކައިރީ މިދަރިފުޅަކީ އެމީހުން ދިންނަވާ ސަލާމަތްކުރައްވާނެ ފަރާތްކަމަށް ބުންޏެވެ.