Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 2:16 - ކިތާބުލް މުޤައްދަސާ

16 މިބައިމީހުން އަވަސް އަވަހަށް އެރަށަށް ގޮސް މަރިޔަމްގެފާނާއި ޔޫސުފު ހޯދިއެވެ. އަދި އެ ތުއްޕުޅު ކަލޭގެފާނު ގެރި ބަކަރިއަށް ކާންދޭ ހުއިއަޅާފައިވާ ފޮއްޓެއްގެ ތެރޭގައި އޮއްވާ ފެނުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 2:16
8 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ދެތިން ދުވަސް ވެސް ނުވެ މަރިޔަމްގެފާނު އެލިޒަބަތުއާއި ޒަކަރިއްޔާ އުޅޭ ޖުދެއާ ކަރައިގެ ފަރުބަދަތަކުގެ ހިސާބު ރަށަށް ވަޑައިގަތުމަށްޓަކައި ދަތުރު ފެއްޓެވިއެވެ.


އެމީހުން އެރަށަށް އަރައިގެން ދިޔަ މަގުމަތީ އީސާގެފާނު ވިދާޅުވި ފަދައިން ބަނދެފައި އޮތް ޅަ ހިމާރެއް ފެނުނެވެ.


ގެރިބަކަރި އެއްޗިއްސަށް ކާންދޭ ހުއި އަޅާ ފޮއްޓެއްގެ ތެރޭ ފޮތިކޮޅަކުން ނިވާ ކުރެވިފައިވާ ކުޑަފިރިހެން ކުއްޖަކު ކަލޭމެންނަށް ފެންނާނެ. އެކަލޭގެފާނު ކަލޭމެންނަށް ފާހަގަވާނެ ހެއްކަކީ އެއީ.⁠“


މި މަލާއިކަތުން އުޑަށް އެނބުރި ވަޑައިގެން ހިނދު މިހުއިހައްޕާ މީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠ބައިތުލަޙަމުގައި ހިނގައިދިޔަ ކަންތައްތައް މަތިވެރި މާތްރަސްކަލާނގެ އަހަރެމެންނަށް ފާޅު ކުރައްވައިފި. ވީމާ މިކަންތައްތައް ހޯދާ ބެލުމަށް އެރަށަށް ދަމާ ހިނގާ.⁠“


އެބައިމީހުންނަށް އީސާގެފާނު ފެނުމުން މަލާއިކަތުން މިތުއްޕުޅު ކަލޭގެފާނާއި މެދު ދެއްވި ޚަބަރުތަކުގެ ވާހަކަ މީސްތަކުންނަށް ކިޔާދިނެވެ.


އެމީހުންނަށް އެރަށުގެ މެހުމާނު ގެއިން ޖާގައެއް ނުލިބުމުން ޔޫސުފު މަރިޔަމްގެފާނު ގޮވައިގެން ދިޔައީ ގެރިބަކަރިތަކަށްޓަކައި ހަދާފައިވާ ހަރުގެއަކަށެވެ. އެތާނގައި މަރިޔަމްގެފާނު އެކަމަނާގެ އަލަތު ދަރިކަލުންނާއިގެން ރައްކާވެ ވަޑައިގެންނެވިއެވެ. އެކަމަނާ އެތުއްޕުޅު ކަލޭގެފާނުގެ ގައިކޮޅު ފޮތިކޮޅަކުން ނިވާކޮށްލައްވާ ގެރިބަކަރިއަށް ކާންދޭ ހުއި އަޅާފައިވާ ފޮށިގަނޑެއްގެ ތެރޭގައި ބޭއްވެވިއެވެ.


ޕަތަރަސް އާއި ޔޫޙަންނާ އެރަށަށް އަރައިގެން ދިޔަ މަގުމަތީ އީސާގެފާނު ވިދާޅުވި މަގުން ހުރިހާ ކަމެއް ހިނގާދިޔައެވެ. ދެން އެބައިމީހުން އެތާނގައި ޢީދުގެ ކެއުން ތައްޔާރު ކުރިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ