ލޫކާސް 2:13 - ކިތާބުލް މުޤައްދަސާ13 އެ ހިނދު އިތުރު އެތައް ބައިވަރު މަލާއިކަތުންނެއް އެބައިމީހުންގެ ކުރިމައްޗަށް ފާޅުވިއެވެ. ދެން އެމަލާއިކަތުން މާތްރަސްކަލާނގެ ކިބަފުޅަށް މިފަދައިން ޙަމްދު ކޮށް ސަނާ ކިޔެވެ. အခန်းကိုကြည့်ပါ။ |
އެއްވެސް ސުވާލެއް ނެތި އަހަރެމެންގެ އީމާންތެރިކަމުގެ ސިއްރަކީ މިއީ: އަލްމަސީޙު، އީސާގެފާނު ފުރިހަމަ އިންސާނެއްގެ ގޮތުގައި ފާޅުވެ ވަޑައިގެން މާތްރޫޙުފުޅުން އެކަލޭގެފާނުގެ މައުސޫމުކަން ދެއްކެވި ހިނދު މަލާއިކަތުންނަށް ފެނިވަޑައިގެންވިއެވެ. އަދި މި އުފާވެރި ޚަބަރު އެންމެހާ ވަންހަތަކަށް އިޢުލާން ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް ތަބާވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ޖަލާލަތާއެކު އުޑަށް އުފުއްލެވުނެވެ.
ނަމަވެސް އެބޭކަލުންނަށް އަންގަވައިދެއްވި ގޮތުގައި މި ޙާދިސާތައް ހިނގައިދާނީ އެބޭކަލުންގެ ޙަޔާތުގެ ދުވަސްތަކުގައެއްނޫނެވެ. އޭގެ އެތައް ޒަމާނެއްގެ ފަހުންނެވެ. އެއީ ތިޔަބައިމީހުންގެ ޙަޔާތުގައެވެ. އަދި މިއަދު ހެޔޮޚަބަރުފުޅު އިޢުލާނު ކުރެވި، ސުވަރުގެއިން ލިބިގެންވާ މާތްރޫޙުފުޅު ލިބިގެންވާ ބަޔަކު ތިޔަބައިމީހުންނަށް އެބަސްފުޅުން ވަޢުޡު އިއްވައިދެއެވެ. މަލާއިކަތުން ވެސް ޝައުގުވެރިކަމާއެކު މި ކަންތައްތައް ދެކެން ބޭނުންވެފައި ވެއެވެ.