Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 2:11 - ކިތާބުލް މުޤައްދަސާ

11 ދާއޫދުގެފާނު އުފަންވި ރަށުގައި މިއަދު ތިޔައެންމެހައި މީސްތަކުން ދިންނަވާނޭ ބޭކަލަކު އުފަންވެއްޖެ. އެކަލޭގެފާނީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙު ކަމުގައިވާ މާތްސާހިބާ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 2:11
38 ပူးပေါင်းရင်းမြစ်များ  

ކަލެއާއި އަންހެނާއާއި ދެމެދު އެކަކު އަނެކަކަށް ތިމަންކަލާނގެ ނަފްރަތުކަން ލައްވާނަން. އަދި އޭނާގެ ދަރިންނާއި ކަލޭގެ ދަރިންނާއި ދެމެދުގައި ވެސް ނަފްރަތުކަން ދެމިހުންނާނެ. އަންހެނާގެ ދަރި ކަލޭގެ ބޯ ޗިސްކޮށްލާނެ، އަދި ކަލޭ އެދަރީގެ ފުންނާބުގައި ދަތް އަޅާނެ.⁠“


”⁠ޔަހޫޛާގެ ދަރިފަސްކޮޅުން ރަސްރަސްކަލުން ވަޑައިގަންނަވާނެ. އަބަދުވެސް ތަޚުތުގައި އޭނާގެ ދަރިފަސްކޮޅުގެ މީހަކު ވެޑުވިގެންވާނެ. އެ ރަސްކަމުގެ ޙައްޤުވެރިޔާ އައުމަށް ދާންދެން ޔަހޫޛާ ވެރިކަން ކުރާނެ. އަދި ދުނިޔޭގެ އެންމެހާ ޤައުމުތައް އެރަސްގެފާނަށް ކިޔަމަންތެރިވާނެމެ.⁠“


ޔަޢުޤޫބު އަކީ ޔޫސުފުގެ ބަފައިކަލުންނެވެ. ޔޫސުފު އަކީ މަރިޔަމްގެފާނުގެ ފިރިކަލުންނެވެ. އަދި މަރިޔަމްގެފާނަކީ އީސާގެފާނުގެ މައިކަނބަލުންނެވެ. އީސާގެފާނުގެ ޚާއްސަ ލަގަބުފުޅަކީ އަލްމަސީޙު އެވެ.


އެކަމަނާ ފިރިހެން ދަރިކަލަކައިގެން ރައްކައުވެ ވަޑައިގަންނަވާނެ. ތިބާ އެދަރިކަލުންނަށް އީސާ އޭ ކިޔައި ނަން ދީ. އެ ދަރިކަލުންނަށް މިފަދައިން ނަންދޭންވި ސަބަބަކީ އެ ކަލޭގެފާނުގެ އަހުލުންގެ ފާފަތަކުން އެކަލޭގެފާނު، އެ އަހުލުން ސަލާމަތްކޮށްދެއްވާނޭތީ.⁠“


ޝަމްއޫނު ޕަތަރަސް ޖަވާބުގައި ދެންނެވިއެވެ. ”⁠ކަލޭގެފާނީ އަލްމަސީޙު. ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ދަރިކަލުން.⁠“


ދެން އީސާގެފާނު އެކަލޭގެފާނީ އަލްމަސީޙު ކަން އެއްވެސް މީހެއްގެ ކައިރީ ނުބުނުމަށް އަސްހާބީންނަށް އިންޒާރުކުރެއްވިއެވެ.


އަހަރެންގެ މާތްސާހިބާގެ މަންމާފުޅު އަހަރެންގެ ކައިރިއަށް ޒިޔާރަތް ކުރާފަދަ ޝަރަފެއް އަހަންނަށް މިލިބުނީ ކީއްވެބާ؟


މާތްރަސްކަލާނގެ މަތިވެރި ކުރެއްވި ރަސްގެފާނު ދާއޫދުގެފާނުގެ ދަރިކޮޅުން އަހަރެމެން ދިންނެވުމަށްޓަކައި މަތިވެރި ބޭކަލަކު ދުނިޔެއަށް އެބަފޮނުއްވާ.


މާތްރޫޙުފުޅު އޭނާއަށް ހާމަކޮށްދެއްވީ މާތްރަސްކަލާނގެ ފޮނުއްވާނެ ޚާއްސަ ބޭކަލުން ކަމުގައި ވީ އަލްމަސީޙު ނުދެކި އޭނާ މަރުނުވާނޭ ކަމުގައެވެ.


އެހެންކަމުން ޔޫސުފު ވެސް ގަލީލީގައި ވާ ނާޒަރަތު އޭ ކިޔުނު ރަށުން ދަތުރުކޮށް ޖުދެއާގެ ރަށެއް ކަމުގައިވާ ބައިތުލަޙަމަށް ދިޔައެވެ. ޔޫސުފުއަށް އެރަށަށް ދާން ޖެހުނު ސަބަބަކީ އޭނާއަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ މީހަކަށް ވާތީއެވެ. މިރަށަކީ ދާއޫދުގެފާނު ވެސް އުފަންވި ރަށެވެ.


އަންދުރާއި އެތަނުން އެނބުރި ގޮސް ފުރަތަމައިން ވެސް ދިޔައީ އޭނާގެ ބޭބެ ޝަމްއޫނު ހޯދުމަށެވެ. އޭނާ ފެނުމުން އަންދުރާއި ބުންޏެވެ. ”⁠އަހަރެމެންނަށް މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި އަލްމަސީޙު ފެނިއްޖެ.⁠“ ގުރީކު ބަހުން އަލްމަސީޙަށް ކިޔެނީ ކުރިސްޓޮސް އެވެ.


ފިލިޕު ގޮސް އޭނާގެ ރައްޓެއްސެއް ކަމުގައިވާ ނަތާނިއެލް ހޯދާފައި އޭނާ ގާތު ބުންޏެވެ. ”⁠މޫސާގެފާނާއި އެހެނިހެން ވެސް ރަސޫލުންނާ ނަބީބޭކަލުން އެކަލޭގެފާނަކާއި މެދު ލިޔުއްވި ކަލޭގެފާނު އަހަރެމެންނަށް ފެނިއްޖެ. އެކަލޭގެފާނަކީ ޔޫސުފުގެ ދަރިފުޅު ނާޒަރަތު އަވަށުން ވަޑައިގެންނެވި އީސާގެފާނު.⁠“


މަރުތާ ޖަވާބުގައި ދެންނެވިއެވެ. ”⁠އާދެ މާތްސާހިބާ! ތިޔައީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ދުނިޔެއަށް ފޮނުއްވި ފަރާތް. އަލްމަސީޙަކީ ވެސް މާތްރަސްކަލާނގެ ދަރިކަލުންނަކީ ވެސް ހަމަ ކަލޭގެފާނު. އެކަން އަޅުގަނޑު ގަބޫލުކުރަން.⁠“


ނަމަވެސް މިފޮތުގައި ލިޔެވިގެން މިވާ ކަންތައްތައް ލިޔެވިފައި އެވަނީ އެކަމުގެ ސަބަބުން ކަލޭމެން ވެސް އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތްކަން ގަބޫލު ކުރާނެ ގޮތް ވުމަށެވެ. އަދި އަލްމަސީޙު އަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ގަބޫލު ކުރުމަށް ވެސް އެހީވުމަށްޓަކައެވެ. އެއީ އެކަލޭގެފާނު ގަބޫލު ކޮށް އީމާންވުމުގެ ސަބަބުން ކަލޭމެންނަށް ވެސް އާ ދިރިހުރުމެއް ލިބޭނެތީއެވެ.


އެ އަންހެންމީހާ ބުންޏެވެ. ”⁠އަލްމަސީޙު ވަޑައިގަންނަވާނެކަން އަޅުގަނޑަށް އެނގޭ. އަލްމަސީޙު (ގުރީކުބަހުން ކުރިސްޓޮސް) ވަޑައިގެން އަޅުގަނޑުމެންނަށް ހުރިހާ ކަމެއް އޮޅުންފިލުވާ ދެއްވާނެ.⁠“


އެމީހުން އެ އަންހެންމީހާއަށް ބުންޏެވެ. ”⁠ފުރަތަމަ އަހަރެމެން އެކަލޭގެފާނު ގަބޫލުކުރީ ކަލޭ ދެއްކި ވާހަކަތަކުގެ ސަބަބުން. ނަމަވެސް މިހާރު އަހަރެމެން އެކަލޭގެފާނު ގަބޫލުކޮށް އީމާން މިވީ އަހަރެމެންގެ އަމިއްލަ ކަންފަތަށް އެކަލޭގެފާނުގެ ބަސްފުޅުތައް އިވުމުން. މިހާރު އަހަރެމެންނަށް މުޅިން ޔަޤީންވެ އެނގިއްޖެ އެކަލޭގެފާނަކީ ދުނިޔޭގެ މީސްތަކުން ދިންނަވާނެ ކަލޭގެފާނުކަން.⁠“


އަޅުގަނޑުމެން މިތިބީ ތިޔަ ބަސްފުޅުތައް ގަބޫލުކޮށްގެން. އަދި ކަލޭގެފާނު ތިޔައީ މާތްރަސްކަލާނގެ ފޮނުއްވި މާތް އަލްމަސީޙު ކަން ވެސް މިހާރު އަޅުގަނޑުމެންނަށް އެނގިއްޖެ.⁠“


އަދި އަނެއްބަޔަކު ބުންޏެވެ. ”⁠އެކަލޭގެފާނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ ފަރާތް ކަމުގައިވާ އަލްމަސީޙު.⁠“ އެހެންނަމަވެސް އަނެއްބަޔަކު ބުންޏެވެ. ”⁠އަލްމަސީޙު ވަޑައިގަންނަވާނީ ގަލީލީއަކުންނެއް ނޫން.


ކަލޭމެންނަށް ވެސް އެނގޭނެ ފަދައިން ބަނީއިސްރާއީލު މީހުންނަށް މާތްރަސްކަލާނގެ އެންގެވި ހެޔޮޚަބަރުފުޅަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި ފަރާތް ކަމުގައި ވާ އީސާ އަލްމަސީޙު މެދުވެރިކޮށް އިންސާނުންނާއި މާތްރަސްކަލާނގެއާއި ދެމެދު ސުލްޙައާއި ހަމަޖެހުން ގާއިމު ވި ކަމުގެ ޚަބަރުފުޅޭ. އީސާގެފާނަކީ އެންމެންގެ ވެސް ވެރި މާތްސާހިބާއޭ.


މާތްރަސްކަލާނގެ އެންމެ ކުރީސުރެ ވެސް ވަޢުދުފުޅު ވެ ވޮޑިގެންވީ ފަދައިން ދާއޫދުގެފާނުގެ ދަރިކޮޅުން މީސްތަކުން ދިންނެވުމަށް ބަނީއިސްރާއީލު މީހުންގެ ގާތަށް ބޭކަލަކު ފޮނުއްވި. މީސްތަކުން ދިންނެވުމަށް މާތްރަސްކަލާނގެ ފޮނުއްވި މިބޭކަލަކީ އީސާގެފާނު.


އެހެން ކަމުން ބަނީއިސްރާއީލުގެ އެންމެންނޭ، ކަށަވަރުވެ ދެނެގަނޭ. ކަލޭމެން ސަލީބަށް ނަގާ މަރާލި އީސާގެފާނު އެއީ މާތްރަސްކަލާނގެ ފޮނުއްވި މާތްސާހިބާ އަލްމަސީޙު.⁠“


އެންމެ މަތިވެރިކަލާނގެ ދެއްވާ އެންމެ މަތިވެރި މަޤާމުގައި އެކަލާނގެ އީސާގެފާނު ލެއްވި. މަތިވެރި ވެރިއަކު ކަމުގަޔާއި، އަދި މީސްތަކުންގެ ދިންނެވުން ކަމުގައި އެކަލޭގެފާނު ލެއްވި. މާތްރަސްކަލާނގެ މި ފަދައިން ކަން ކުރެއްވީ އެއީ ބަނީއިސްރާއީލުގެ އެންމެ ހާ މީސްތަކުން ވެސް އެކަލޭގެފާނުގެ ކިބައަށް އެނބުރި ތައުބާވުމުން އެއެންމެންގެ ފާފަތައް ވެސް ފޮހެވި އެމީހުންނަށް ވެސް އަލުން ފުރުސަތެއް ދެއްވުމަށްޓާކާ.


އަދި ހުރިހާ އެންމެން އަލްމަސީޙު އީސާ އަލްމަސީޙަކީ މާތްސާހިބާ ކަމުގައި އެއްބަސްވުމުގެ އިތުރުން ބައްޕާފުޅު، މާތްރަސްކަލާނގެ މަތިވެރިކަމާމެދު ޙަމްދާއި ސަނާ ކިޔާނެއެވެ.


އެ ހުރިހާ އެއްޗަކީ ވެސް އަހަރެންގެ މާތްސާހިބާ އީސާ އަލްމަސީޙު ދެނެގަތުމުގައި ވާ މިންނުކުރެވޭ އަގާ އަޅާ ބަލާއިރު އެއްވެސް އަގެއް ނެތް ތަކެއްޗެވެ. އެކަލޭގެފާނަށްޓަކައި އަހަރެން އެ ހުރިހާ ތަކެއްޗެއް ގެއްލުވާލީމެވެ. އެ ހުރިހާ ތަކެއްޗަކީ ކުނިބުނި ކަމަށް ހިމެނީމެވެ. އެއީ އަހަރެން އަލްމަސީޙާއި އެކުގައިވުން ލިބިގަތުމަށެވެ.


ތިޔަބައިމީހުން ތިޔަ ތިބީ އީސާ އަލްމަސީޙަކީ ތިޔަބައިމީހުންގެ ސާހިބާ ކަމަށް ގަބޫލުކޮށްގެންނެވެ. ވީމާ ތިޔަބައިމީހުން އެގޮތުގެ މަތިން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ކުރިއަށްދާށެވެ.


އިތުރަށް ބުނެދޭނަމަ، މަތިވެރި ބައްޕާފުޅު އެކަލާނގެ ހަމައެކަނި ދަރިކަލުން މި ދުނިޔެއަށް ފޮނުއްވީ މުޅި މި ދުނިޔޭގެ އެންމެން ނަޖާ ކުރެއްވުމަށެވެ. އަހަރެމެންގެ ލޯތަކަށް މިކަންތައްތައް ފެނިފައިވާތީ އަހަރެމެން މިކަމަށް ހެކިވަމެވެ.


އީސާގެފާނަކީ އަލްމަސީޙު ކަން ގަބޫލުކުރާ ކޮންމެ މީހަކީ މާތްކަލާނގެ ދަރިއެކެވެ. މާތްކަލާނގެއަކީ އަހަރެމެންގެ ބައްޕާފުޅެވެ. ބައްޕާފުޅު ދެކެ ލޯބިވާ މީހުން ބައްޕާފުޅުގެ ދަރިން ދެކެ ވެސް ލޯބިވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ