Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 2:1 - ކިތާބުލް މުޤައްދަސާ

1-3 ޔަޙުޔާގެފާނުގެ އުމުރުފުޅުން ގާތްގަނޑަކަށް ހަމަހުގައި އޭރު ރޯމު ކަރައިގެ ރަސްކަލަކަށް ހުންނެވި ކައިސަރު އައުގުސްތު އަމުރުފުޅެއް ނެރުއްވިއެވެ. އެ އަމުރުފުޅަކީ ރޯމުގެ ދައުލަތުގައި ހިމެނޭ ހުރިހާ ޤައުމެއްގެ އެންމެން އެމީހެއްގެ ކާބަފައިންގެ ރަށަށް ގޮސް ސަރުކާރުގެ ބޯހިމެނުމުގައި ނަން ނޯޓު ކުރުމަށެވެ. ފުރަތަމަ ފަހަރަށް މިބޯހިމެނުން ހިމެނުނީ ސޫރިޔާގެ ގަވަރުނަރަކަށް ކިރީނިޔުސް ހުންނެވި ދުވަސްވަރުއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 2:1
13 ပူးပေါင်းရင်းမြစ်များ  

މިހެން ކަމުގައިވާނަމަ ކައިސަރަށް ޓެކްސް ދެއްކުމަކީ އަޅުގަނޑުމެންގެ ދީނީ އުސޫލުތަކާ ޚިލާފު ކަމެއްތަ؟ އަޅުގަނޑުމެން އެފަދައިން ޓެކްސް ދައްކަން ޖެހޭނެތަ؟ ނޫނީ ނުޖެހޭނެތަ؟⁠“


އަދި މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދުވާ ހެޔޮޚަބަރުފުޅު މުޅި ދުނިޔެއަށް އިއްވެމުން ދާނެ. އެއީ ހުރިހާ ގައުމަކަށް މިބަސްފުޅު ފޯރުވުމަށްޓަކައި. ނިމުން އަންނާނީ އޭގެފަހުން.⁠“


މި ހިނދު އަހަރެން ތިޔަބައިމީހުންނަށް ޔަޤީންކަންދެން. ދުނިޔޭގެ ކޮންމެ ތަނެއްގައި ހެޔޮޚަބަރުފުޅުން ވަޢުޡު އިއްވެމުން ދާހިނދު އެކަނބުލޭގެ އެކުރި ކަންތައްތަކުގެ ހަނދާން އާ ކުރެވެމުން ދާނެ.⁠“


އަދި އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ މީސްތަކުންނަށް ހެޔޮޚަބަރުފުޅާއި ބެހޭގޮތުން އިޢުލާން ކުރުމަށްޓަކައި ދޭ.


އޭނާ އެރަށަށް ދިޔައީ އޭނާއާއި ކައިވެނި ކުރުމަށް ހަމަޖެހިފައިވާ މަރިޔަމްގެފާނާއި އެކުގައެވެ. މަރިޔަމްގެފާނު އޭރު އިންނެވީ އާލާސްވެއެވެ.


ކައިސަރު ތިބޭރިޔުސްގެ ވެރިކަމުގެ ފަނަރަވަނަ އަހަރުގައި ޕޮންތިޔުސް ޕިލާތުސް ޖުދެއާގެ ގަވަރުނަރަކަށް ހުންނެވި އިރު ގަލީލީގެ ވެރިއަކަށް ހުންނެވީ ހެރޮދު އެވެ. ހަމަ އެދުވަސްވަރު އޭނާގެ ބޭބެ ފިލިޕު އިތުރެޔާ އާއި ތުރަކޯނިތިސްގެ ވެރިއަކަށް ހުންނެވިއެވެ. އަދި އަބީލީނާގެ ވެރިއަކަށް އޭރު ހުންނެވީ ލިސަނިޔާހު އެވެ.


އޭގެ ތެރެއިން އެކަކު ކަމުގައި ވީ އަގާބުސް އޭ ނަމަކަށް ކިޔުނު މީހަކު ތެދުވެ މާތްރޫޙުފުޅުގެ ބާރުގެ ދަށުން އެންމެންނާ މުޚާޠަބުކޮށް ބުންޏެވެ: ”⁠މުޅި ދުނިޔެއަށް ވަރަށް ބޮޑު ތަދެއް އެބަ ކުރިމަތިވެއެވެ.⁠“ (މި ތަދު ކުރިމަތިވީ ކުލާއުދިއުސް ގެ ރަސްކަމުގެ ދުވަސްވަރުއެވެ.)


އަޅުގަނޑު އެއްވެސް ގަވާއިދަކާ ޚިލާފުވެ ކުށެއް ކޮށްފައިވާ ނަމަ އަދި އެ ކުށެއްގެ ސަބަބުން އަޅުގަނޑަށް މަރުގެ ޙުކުމް ލިބުން ޙައްޤު ނަމަ އަޅުގަނޑު އެކަމުން ރެކޭކަށް ނޫޅެން. ނަމަވެސް އެބައިމީހުން އަޅުގަނޑު އެކުއްވެރި ކުރާ އެއްވެސް ކަމަކީ ތެދަކަށް ނުވާ ހިނދު އަޅުގަނޑު އެއްވެސް މީހަކަށް އެމީހުންނަކާއި ހަވާލެއް ނުކުރެވޭނެ. އަޅުގަނޑު އެދެނީ މި މައްސަލަ ރޯމުގެ ރަސްގެފާނަށް ހުށައެޅުމަށް.⁠“


ނަމަވެސް ޕައުލް އެދުނީ އޭނާގެ މައްސަލަ ރޯމުގެ ރަސްގެފާނަށް ހުށައެޅުމަށް. އެހެން ކަމުން އަޅުގަނޑު އަމުރުކުރީ އޭނާ ކައިސަރުގެ އަރިހަށް ފޮނުވެން ދެން މި ރަށުގެ ޖަލުގައި ބެހެއްޓުމަށް.⁠“


މީގެ އިތުރުން މި އަވަށުގައި މާތްރަސްކަލާނގެއަށް އީމާންވީ އެންމެހާ ފަރާތްތަކުގެ ތަހުނިޔާ ވެސް ފޮނުވަމެވެ. ވަކިން ޚާއްސަކޮށް މިތަނުގެ އިސް ވެރިއަކަށް ހުރި ކައިސަރު ރަސްގެފާނުގެ ޚާދިމުންގެ ތެރެއިން އީމާންވީ ފަރާތްތަކުގެ ތަހުނިޔާއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ