ލޫކާސް 19:8 - ކިތާބުލް މުޤައްދަސާ8 އެދުވަހު ޒައްކާޔުސް އެގޭގައި ވީ އެންމެންގެ ކުރިމަތީގައި މާތްސާހިބާއަށް ދެންނެވިއެވެ. ”މާތްސާހިބާ! އަޅުގަނޑަށް ވާ ހުރިހާ މުދަލެއްގެ ދެބައިކުޅަ އެއްބައި މިރަށުގެ ހުރިހާ ފަގީރުންނަށް ހަމަ މިއަދު އަޅުގަނޑު ދޭނަން. އަދި އަޅުގަނޑު ހެދި މަކަރުތަކުގެ ސަބަބުން ގެއްލުމެއް ލިބުނު ކޮންމެ މީހަކަށް އެމީހެއްގެ އަތުން ނެގި ތަކެއްޗަށް ވުރެ ހަތަރު ގުނަ އިތުރަށް އެމީހަކަށް ދޭނަން.“ အခန်းကိုကြည့်ပါ။ |
ކަލޭމެންގެ މުދާތައް ވިއްކާލާފައި އެ ލާރި ފަގީރުންނަށް ދީ. ކަލޭމެންނައްޓަކާ ބާވެ ހަލާކުވެގެން ނުދާ ފަދަ ފައިސާ ދަބަސްތައް ތައްޔާރު ކުރޭ. ކަލޭމެންގެ ޚަޒާނާތައް ސުވަރުގޭގައި ތައްޔާރު ކުރޭ. އެތާނގައި ވާ ޚަޒާނާއެއް ދުވަހަކު ވެސް ހުހެއް ނުވާނެ. އެއީ އެތާނގައި ވާ ޚަޒާނާއެއް ކޮނެގެންނެއް ނުނެގޭނެ. އަދި އެއްވެސް ވަގަކަށް ވެސް އެޚަޒާނާ އަކާއި ކައިރިއެއް ނުވެވޭނެ. އަދި އެއްވެސް ފަންޏަކަށް ވެސް އެޚަޒާނާއެއް ނުކެވޭނެ.
އަހަރެން މިހާރު މިހިރީ ކަލޭމެންގެ ކުރިމަތީގައި. އަހަރެން ކަލޭމެންގެ ވެރިއެއްގެ ގޮތުގައި ހުރި އިރު ތިއިން އެއްވެސް މީހަކަށް ދެރައެއް ދިނިންތަ؟ އެއްވެސް މީހެއްގެ ގެރިއެއް ހިމާރެއް ނެގިންތަ؟ އެއްވެސް މީހެއް އެދޭ ގޮތަކަށް ކަންތައް ނިންމައި ދިނުމަށް ރިޝްވަތެއް އަތުލާފައި ވާނެތަ؟ އެފަދަ ކަމެއް އަހަރެންގެ ފަރާތުން ކުރެވިފައި ވާނަމަ މާތްރަސްކަލާނގެއާއި ކަލޭމެންގެ އެކަލާނގެ ހޮއްވަވާފައިވާ ރަސްގެފާނުގެ ހާޒިރުގައި އެވާހަކަ ބުނޭ. އޭރުން އަހަރެން އޭގެ ބަދަލު އަދާކޮށް ދޭނަން.“