Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 19:5 - ކިތާބުލް މުޤައްދަސާ

5 އީސާގެފާނު އެގަހާ އަރާ ހަމަވެ ވަޑައިގެން ވަގުތު މައްޗަށް ބައްލަވާ ވިދާޅުވިއެވެ. ”⁠އޭ ޒައްކާޔުސް. އަވަހަށް ގަހުން ފައިބާ. އަހަރެން މިއަދު ކަލޭގެ ގޭގައި ހުންނަން ޖެހިއްޖެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 19:5
17 ပူးပေါင်းရင်းမြစ်များ  

އިންސާނާގެ ދަރިކަލުން މި ދުނިޔެއަށް އައީ މަގުއޮޅި ގެއްލިފައިވާ މީހުން ހޯދާ ސަލާމަތް ކުރުމަށްޓަކާ.⁠“


އެރަށުގައި ޒައްކާޔުސް އޭ ނަމަކަށް ކިއުނު މުއްސަންޖަކު އުޅުނެވެ. މީނާއަކީ ޓެކްސް ނަގާ މީހުންގެ ވެރިޔާއެވެ.


އެހެންކަމުން މީނާ ދުވެފާ ގޮސް މީސްތަކުންގެ ކުރިއަށް އަރާ އީސާގެފާނު ވަޑައިގަންނަވާ މަގުގެ ކައިރީގައި ހުރި ވައްތީނި ގަހަކަށް އަރާ އެކަލޭގެފާނު ދުށުމަށްޓަކައި އޮތެވެ.


އޭނާ ގަހުން ފައިބައި ވަރަށް އުފަލާއިއެކު އެކަލޭގެފާނަށް މަރުޙަބާ ކިޔާ އެކަލޭގެފާނު އޭނާގެ ގެއަށް ގެންދެވިއެވެ.


ނަތާނިއެލް އީސާގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑު މިއީ ކާކުކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވަނީ ކިހިނަކުން؟⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠ފިލިޕު ކަލޭ ހޯދަން ދިއުމުގެ ކުރިން ވައްތީނި ގަހެއްގެ ދަށުގައި ކަލޭ އިންދާ އަހަރެން ދުށިން.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންދެކެ މީހަކު ލޯބިވާނަމަ އެމީހަކު އަހަރެން އެންގި ބަސްތަކާއި އެއްގޮތަށް ކަންތައް ކުރާނެ. އޭރުން އެމީހަކު ދެކެ އަހަރެންގެ ބައްޕާފުޅު ވެސް ލޯބިވެވޮޑިގެންވާނެ. އަދި ބައްޕާފުޅާއި އަހަރެން އެމީހަކުގެ ގާތަށް އައިސް އެމީހެއްގެ ކިބައިގައިވާނެ.


އެއީ ތިޔަބައިމީހުންގެ އީމާންތެރިކަމުން ތިޔަބައިމީހުންގެ ހިތްތަކުގައި އަލްމަސީޙު ވުމަށެވެ. އަހަރެންގެ ދުޢާއަކީ ތިޔަބައިމީހުންގެ ކިބައިގައި ލޯބި މޫލައި އަށަގެންފައި ވުމެވެ.


އަދި މެހުމާނުން ކަލޭމެންގެ ގެޔަށް ގެންނާށެވެ. މިގޮތުން ބައެއް މީހުންނަށް ނޭނގި މަލާއިކަތުން ވެސް ގެޔަށް ގެނެވިފައި އެބަ ހުއްޓެވެ.


ދެކިބަލަ! ދޮރުގެ ކައިރީގައި ހުރެ އަހަރެން ޓަކިދެން. އަހަރެންގެ އަޑު އިވޭ މީހަކުނަމަ ދޮރު ހުޅުވާ. އަހަރެން އެބައިމީހުންގެ ގެއަށް ވަދެ އެބައިމީހުންނާއި އެކުގައި ކާނަން. އަދި އެބައިމީހުންނަށް އަހަރެންނާއި އެކުގައި ކެވޭނެމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ