Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 19:44 - ކިތާބުލް މުޤައްދަސާ

44 އެމީހުން ކަލޭމެންނާއި ކަލޭމެންގެ ދަރިން މަރާ ނެތިކޮށްލާނެ. ކަލޭމެންގެ ދުޝްމިނުން ކަލޭމެންގެ ހުރިހާ އެއްޗެއް ބިމާއި ހަމަހަމަ ކޮށްލާނެ. އެއީ ކަލޭމެންގެ ކައިރީގައި މާތްރަސްކަލާނގެ ވޮޑިގެން ވީ އިރު ކަލޭމެން އެކަމުގެ މުހިންމު ކަން ދެނެ ނުގަތުމުގެ ސަބަބުން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 19:44
19 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންނަށް މި ޢިމާރާތްތައް ފެނެއެއް ނޫން؟ އަހަރެން މިބުނަނީ ތެދެއް. މި ޢިމާރާތްތައް ފުނޑުފުނޑުވެ ބިންމައްޗަށް ވެއްޓޭނެ! މި ޢިމާރާތްތަކުގައިވާ ހިލަތަކުގެ ތެރެއިން އެއް ހިލަބުރި އަނެއް ހިލަބުރި މަތީގައި ނެތި މިހުރިހާ ޢިމާރާތްތައް ބިމާ ހަމަވާނެ.⁠“


އީސާގެފާނު ޖަވާބުދެއްވިއެވެ. ”⁠ބޮޑެތިވެގެންވާ މި ޢިމާރާތްތައް ތިޔަބައިމީހުންނަށް ފެނޭތަ؟ މި ޢިމާރާތްތަކުގައިވާ ހިލަތަކުގެ ތެރެއިން އެއްހިލަ ބުރި އަނެއް ހިލަބުރި މަތީގައި ނެތި މި ޢިމާރާތްތައް ބިމާ ހަމަވާނެ.⁠“


”⁠ބަނީއިސްރާއީލުންގެ މާތްސާހިބުވަންތަ ރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ހުރި! އެކަލާނގެ، އެކަލާނގެ މީސްތަކުން ދިންނެވުމަށް ފައްޓަވައިފި.


މަތިވެރި މާތްރަސްކަލާނގެ އެފަދައިން ކަންކުރެއްވީ އެކަލާނގެ އަހަރެމެންގެ މައްޗަށް ހަމްދަރުދީވެ ވޮޑިގެން ވާތީ. މާތްރަސްކަލާނގެ އެކަލާނގެ ޚާއްސަ ކުރައްވާފައިވާ ބޭކަލުން އަހަރެމެންގެ ތެރެއަށް ވިދާ ބަބުޅާ އައްޔެއް ފަދައިން ފޮނުއްވާނެ.


އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އަޅެ މިއަދު ވެސް ކަލޭމެންނަށް ސަލާމަތް ވާނެ މަގަކީ ކޮބައިކަން އެނގޭނެ ނަމައޭ. ނަމަވެސް އެމަގު މިހާރު ވަނީ ކަލޭމެންނަށްޓަކައި ފޮރުވިފަ.


”⁠ކަލޭމެންނަށް މިހާރު ތިޔަ ފެންނަ ތަން މުޅިން ނެތިވެ ގޮސް އެންމެ ގާބުރިއެއް ވެސް އަނެއް ގާބުރި އެއްގެ މަތީ ނުވާނެ ދުވަހެއް އެބަ އާދޭ.⁠“


އީމާންނުވެތިބި އަވަށްޓެރިން ތިޔަބައިމީހުންނީ ވިޔާނުދާ ބައެއް ކަމުގައި ބުނެ ބަދުނާމުކުރާނެއެވެ. ނަމަވެސް ތިޔަބައިމީހުންގެ ހެޔޮ އަމަލު ތައް އެބައިމީހުން ބަލާނެއެވެ. އަދި ޤިޔާމަތް ދުވަހުން މާތްރަސްކަލާނގެ މަތިވެރިކަމާމެދު ސަނާ ކިޔާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ