Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 19:42 - ކިތާބުލް މުޤައްދަސާ

42 އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އަޅެ މިއަދު ވެސް ކަލޭމެންނަށް ސަލާމަތް ވާނެ މަގަކީ ކޮބައިކަން އެނގޭނެ ނަމައޭ. ނަމަވެސް އެމަގު މިހާރު ވަނީ ކަލޭމެންނަށްޓަކައި ފޮރުވިފަ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 19:42
35 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ޖެރޫސަލަމާއި އަރާ ހަމަ ވެ އެރަށް ފެނިވަޑައިގަތުމުން އެކަލޭގެފާނު އެރަށާއި މެދު ހިތާމަ ކުރައްވާ ކީރިތި ކުރެއްވިއެވެ.


ކަލޭމެންގެ އަދާވަތްތެރިން ކަލޭމެންނާއި އިދިކޮޅަށް ވަށައިގެން ފާރެއް ރާނާ ކަލޭމެން ބައްދާލާނެ ދުވަހެއް އެބައާދޭ.


އެމީހުން ކަލޭމެންނާއި ކަލޭމެންގެ ދަރިން މަރާ ނެތިކޮށްލާނެ. ކަލޭމެންގެ ދުޝްމިނުން ކަލޭމެންގެ ހުރިހާ އެއްޗެއް ބިމާއި ހަމަހަމަ ކޮށްލާނެ. އެއީ ކަލޭމެންގެ ކައިރީގައި މާތްރަސްކަލާނގެ ވޮޑިގެން ވީ އިރު ކަލޭމެން އެކަމުގެ މުހިންމު ކަން ދެނެ ނުގަތުމުގެ ސަބަބުން.⁠“


ކަލޭމެންނަށް ވެސް އެނގޭނެ ފަދައިން ބަނީއިސްރާއީލު މީހުންނަށް މާތްރަސްކަލާނގެ އެންގެވި ހެޔޮޚަބަރުފުޅަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި ފަރާތް ކަމުގައި ވާ އީސާ އަލްމަސީޙު މެދުވެރިކޮށް އިންސާނުންނާއި މާތްރަސްކަލާނގެއާއި ދެމެދު ސުލްޙައާއި ހަމަޖެހުން ގާއިމު ވި ކަމުގެ ޚަބަރުފުޅޭ. އީސާގެފާނަކީ އެންމެންގެ ވެސް ވެރި މާތްސާހިބާއޭ.


ނަމަވެސް ޕައުލް އާއި ބަރުނައްބާސް ވަރަށް ކެރިތިބެގެން ވާހަކަދެއްކިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ދެއްވި މި ދެންނެވުމުގެ ޚަބަރު ފުރަތަމަ ބަނީއިސްރާއީލު މީހުންނަށް ދިނުން އެއީ އެކަލާނގެ އެދިވޮޑިގެންވީ ގޮތް. ނަމަވެސް ކަލޭމެން ތިޔަ ދެކުނީ ކަލޭމެންނަކީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެކަށީގެންވާ ބަޔެއް ނޫން ކަމުގަ. އަދި ކަލޭމެން އެ ދިންނެވުމުގެ ޚަބަރުފުޅު ބޭނުންނުކޮށް އެއްލާލި. އެހެން ކަމުން އަހަރެމެން މި ދިންނެވުމުގެ ޙަބަރައިގެން މި ދަނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް.


”⁠މިއަދޭ⁠“ ބުނެވޭ ކޮންމެ ދުވަހަކު ކަލޭމެންގެ ތެރެއަށް ފާފަވެރިކަން އައިސް، ކަލޭމެން ހައްލާލައި، މާތްރަސްކަލާނގެއާ މެދު ކަލޭމެންގެ ހިތްހަރުވާނެ ގޮތް މެދުވެރިވެ ދިޔަ ނުދިނުމަށް، އެކަކު އަނެކަކަށް ހިތްވަރު ދީ ބާރު އަޅަން ވާނެއެވެ.


ފަތްފުށްތަކުގައި ލިޔެވިގެންވެއެވެ. ”⁠މާތްރަސްކަލާނގެ އަޑުފުޅު މިއަދު ކަލޭމެންނަށް އިވިއްޖެނަމަ، ދެކޮޅުވެރިވި މީސްތަކުންފަދައިން ކަލޭމެންގެ ހިތް ހަރު ނުކުރާށެވެ.⁠“


އެހެންވެ މާތްރޫޙުފުޅު މިހެން ބުނެއެވެ. ”⁠މާތްރަސްކަލާނގެ އަޑުފުޅު ކަލޭމެންނަށް މިއަދު އިވިއްޖެނަމަ،


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ