39 މީސްތަކުންގެ ތެރޭގައި ވީ ބައެއް ފަރީސީނުގެ މީހުން އީސާގެފާނަށް ބުންޏެވެ. ”އެދުރުކަލޭގެފާނު. ކަލޭގެފާނުގެ އަސްޙާބީންނަށް އެފަދަ އެއްޗިހި ނުގޮވުމަށް އަންގާވާ.“
އެއަށް ފަހު އެނަކަތްތެރިންނާ ސިއްރިޔާތުގައި ހެރޮދު ބައްދަލުކުރިއެވެ. އަދި އެބޭކަލުން އެންމެ ފުރަތަމަ އެ ތަރި ދުށް ބަރާބަރު ވަގުތަކީ ކޮބައިތޯ އަހައި އޮޅުން ފިލުވިއެވެ.
”ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! އެހެނީ ކަލޭމެންނީ މާތްރަސްކަލާނގެ ރަސްކަންފުޅުގެ ދޮރުކޮޅު މީސްތަކުންނަށް ބަންދުކޮށްގެން ތިބި މީހުން. ކަލޭމެން އަމިއްލައަކަށް ވެސް އެތަނަކަށް ނުވަން، އަދި ވަންނަން ދާ މީހުން ވަނަކަވެސް ނުދޭ!
ދެން ބޮޑު އިމާމުން ނިންމީ ލާޒަރު ވެސް މަރާލުމަށެވެ.
މިތަންދެކެ ފަރީސީން ބުންޏެވެ. ”އަހަރެމެން ބަލިވެއްޖެ. ނިކަން ދެކިބަލަ މުޅި ދުނިޔޭގެ އެންމެން އޭނާގެ ފަހަތުން އެއޮތް ދަނީ!“
ނޫނީ މަގުސަދެއްނެތި މުޤައްދަސް ފަތްފުށްތައް މިފަދައިން އަންގަވާ ދެއްވާފައިވާކަމުގައި ކަލޭމެން ދެކެނީހެއްޔެވެ؟ ”މާތްރަސްކަލާނގެ މާތްރޫޙުފުޅު އަހަރެމެންގެ ކިބައިގައި ލެއްވީ އަހަރެމެން ހުރިހާ އެންމެންނަކީ އެކަލާނގެ ކިބަފުޅަށް ހަމައެކަނި މިލްކުވެގެންވާ ބައެއް ކަމުގައި ލެއްވުމަށޭ.“