Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 19:36 - ކިތާބުލް މުޤައްދަސާ

36 ދެން އީސާގެފާނު އޭގައި ދަތުރުފުޅު ކުރައްވާ ވަޑައިގެންނެވި މަގުމަތީ އެހެނިހެން މީސްތަކުން ވެސް އެކަލޭގެފާނަށް މަރުޙަބާ ކިޔުމުގެ ގޮތުން އެބައިމީހުންގެ ސާލުތައް އެކަލޭގެފާނުގެ ކުރިފުޅުމަތީ މަގުމަތީގައި ފަތުރާ ހެދިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 19:36
4 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު ވަޑައިގެންނެވި މަގުމައްޗަށް ވަރަށް ގިނަ ބަޔަކު އެބައިމީހުންގެ ސާލުތައް ބިންމަތީ ފަތުރަމުން ދިޔައެވެ. އަދި އަނެއްބަޔަކު ފަތްކޮޅިތައް ކަނޑައި އެމަގުގައި ފެތުރިއެވެ.


އެމީހުން މި ހިމާރު އީސާގެފާނުގެ އަރިހަށް ގެނެސް އެމީހުންގެ ސާލުތައް އޭގެމަތީ ފަތުރާ އީސާގެފާނަށް އެއަށް އަރާ ވަޑައި ގަތުމަށް އެހީ ވިއެވެ.


އީސާގެފާނު ޒައިތޫނި ފަރުބަދަ މަތިން ތިރިއަށް ދާ މަގުން ދަތުރު ކުރައްވާ ވަޑައިގެންނެވި ހިނދު އެތާ ތިބި އެތައް ހާސް އަސްޙާބީންނެއް ބާރު އަޑުން މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ސަނާ ކިޔަން ފެށިއެވެ. އެއީ އެބައިމީހުންނަށް އެކަލޭގެފާނުގެ ކިބައިން ފެނުނު ގިނަވެގެން ވީ ހައިރާން ކުރުވަނިވި ކަންތައްތަކުގެ ސަބަބުންނެވެ. އެބައިމީހުން އުފަލާއިއެކު މިފަދައިން ގޮވަމުން ގެންދިޔައެވެ. ”⁠މަތިވެރި ރަސްކަލާނގެ އިސްމުފުޅުގައި ވަޑައިގަންނަވާ ރަސްގެފާނަށް ބަރަކާތްތެރިކަން ލައްވާ ފާނދޭ! މާތްރަސްކަލާނގެ އާއި އިންސާނުންނާއި ދެމެދު ސުލްޙަވެރިކަން ދަމަހައްޓަވާ ގާއިމު ކުރައްވާ ފާނދޭ! މަތިވެރި ރަސްކަލާނގެއަށް ހަމްދާއި ސަނާ ދަންނަވަން!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ