ލޫކާސް 19:35 - ކިތާބުލް މުޤައްދަސާ35 އެމީހުން މި ހިމާރު އީސާގެފާނުގެ އަރިހަށް ގެނެސް އެމީހުންގެ ސާލުތައް އޭގެމަތީ ފަތުރާ އީސާގެފާނަށް އެއަށް އަރާ ވަޑައި ގަތުމަށް އެހީ ވިއެވެ. အခန်းကိုကြည့်ပါ။ |
އަނެއްދުވަހު އީސާގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވާ ޚަބަރު އެރަށުގައި ފެތުރުނެވެ. ދެން ފަހަނަޅައި ދިއުމުގެ ޢީދު ފާހަގަ ކުރުމަށް އެރަށަށް އެއްވެފައިތިބި މީސްތަކުންގެ ތެރެއިން އެތައް ބައިވަރު ބަޔަކު އެކަލޭގެފާނަށް މަރުޙަބާ ކިޔުމުގެ ގޮތުން ކަދުރު ރުކުގެ ރޯފަން ހިފައިގެން އެކަލޭގެފާނު ވަޑައިގެންނެވި މަގަށް ދިޔައެވެ. އަދި މިފަދައިން ކިޔާ ގޮވަމުން ދިޔައެވެ. ”މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާ ސަނާހުރި. އެކަލާނގެ ނަންފުޅުގައި ވަޑައިގަންނަވާ ފަރާތަށް އެކަލާނގެ ބަރަކާތް ލިބިގެންވޭ. ބަނީއިސްރާއީލުގެ ރަސްގެފާނަށް މާތްރަސްކަލާނގެ ބަރަކާތް ލައްވާށި.“