Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 19:29 - ކިތާބުލް މުޤައްދަސާ

29-30 އެމީހުން ޒައިތޫނި ފަރުބަދަ މަތީގައި ވާ ބެތުފާގޭ އާއި ބެތާނިޔާ މި ދެރަށާއި ކައިރިވެ ވަޑައިގެންފައި ވަނިކޮށް އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ދެމީހަކަށް ވިދާޅުވިއެވެ. ”⁠ކުރިމަތީގައި އެވާ ރަށުގެ ތެރެއަށް ދޭ. ކަލޭމެން ރަށުގެ ތެރެއަށް އަރައިގެން ދާ މަގުމަތީ އެތާނގައި ބަނދެފައިވާ ހިމާރެއް ފެންނާނެ. އެ ހިމާރަކީ މީގެ ކުރިން ދުވަހަކު ވެސް އޭގައި މީހަކު ދަތުރެއް ކޮށްފާ ވާނޭ ހިމާރެއް ނޫން. އޭތި މޮހާލައިގެން މިތަނަށް ގެނޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 19:29
11 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އީސާގެފާނު އެތަނުން ނުކުމެ ވަޑައިގެން އެ ސަހަރުން ބޭރަށް ވަޑައިގެންނެވި އެވެ. އަދި ބެތާނިޔާ އަވަށަށް ވަޑައިގެންނެވިއެވެ. އަދި އެތާ އެކަލޭގެފާނު އެރޭ ހޭދަކުރެއްވިއެވެ.


އީސާގެފާނު ޒައިތޫނި ފަރުބަދަ މަތިން ތިރިއަށް ދާ މަގުން ދަތުރު ކުރައްވާ ވަޑައިގެންނެވި ހިނދު އެތާ ތިބި އެތައް ހާސް އަސްޙާބީންނެއް ބާރު އަޑުން މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ސަނާ ކިޔަން ފެށިއެވެ. އެއީ އެބައިމީހުންނަށް އެކަލޭގެފާނުގެ ކިބައިން ފެނުނު ގިނަވެގެން ވީ ހައިރާން ކުރުވަނިވި ކަންތައްތަކުގެ ސަބަބުންނެވެ. އެބައިމީހުން އުފަލާއިއެކު މިފަދައިން ގޮވަމުން ގެންދިޔައެވެ. ”⁠މަތިވެރި ރަސްކަލާނގެ އިސްމުފުޅުގައި ވަޑައިގަންނަވާ ރަސްގެފާނަށް ބަރަކާތްތެރިކަން ލައްވާ ފާނދޭ! މާތްރަސްކަލާނގެ އާއި އިންސާނުންނާއި ދެމެދު ސުލްޙަވެރިކަން ދަމަހައްޓަވާ ގާއިމު ކުރައްވާ ފާނދޭ! މަތިވެރި ރަސްކަލާނގެއަށް ހަމްދާއި ސަނާ ދަންނަވަން!⁠“


ކޮންމެ ދުވަހަކު ވެސް އީސާގެފާނު ބައިތުލް މަޤްދިސްގައި މީސްތަކުންނަށް ކިޔަވައިދެއްވަމުން ގެންދެވިއެވެ. ކޮންމެ ރެއަކު އެކަލޭގެފާނު ޒައިތޫނި ފަރުބަދައޭ ކިޔުނު ފަރުބަދައަށް ރޭގަނޑުގެ ވަގުތު ހޭދަކުރެއްވުމަށް ވަޑައިގަންނަވައެވެ.


އީސާގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކުމެ އާދަވެގެން ކަންތައް ކުރައްވާ ފަދައިން އެފަހަރު ވެސް އެކަލޭގެފާނު ޒައިތޫނި ފަރުބަދައަށް ރޭގެ ވަގުތު ހޭދަ ކުރެއްވުމަށްޓަކައި ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަސްޙާބީން ވެސް އެކަލޭގެފާނުގެ އަރިހުގައި ދިޔައެވެ.


ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާގެން އެރަށުން ވަޑައިގެން ބެތާނިޔާ ރަށާއި އަރާ ހަމަވި ހިނދު އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް އުފުއްލަވާ އެމީހުންނަށް ބަރަކާތް ލެއްވިއެވެ.


މި ކަންތައް މި ފަދައިން ހިނގިއިރު މަންދޫބުން ތިބީ ޒައިތޫނި ފަރުބަދަ މަތީގައެވެ. މި ފަރުބަދަ ވަނީ ޖެރޫސަލަމާއި ބައިމޭލު ދުރުގައެވެ. އެތަނުގައި ތިބި މަންދޫބުންނަކީ ޕަތަރަސް، ޔޫޙަންނާ، ޔާމިޒު، އަންދުރާއި، ފިލިޕު، ތޯމާސް، ބަރުތުލޫމު، މައްތާ، ހަލްފާހުގެ ދަރި ޔާމިޒު، އަދި ދީނާއި ސިޔާސީ ކަންތަކުގައި ހަރުދަނާ މީހެއް ކަމުގައިވާ މަޝްހޫރު ސިމުއާން އާއި ޔާމިޒުގެ ދަރި ޔުދާސް އެވެ. މި މަންދޫބުން އެނބުރި ޖެރޫސަލަމަށް އައިސް އެމީހުން ތިބި ގެއަށް ގޮސް އެ ގޭގެ މަތީ ބުރީގައިވާ އެމީހުން ތިބި ކޮޓަރިއަށް ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ