Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 19:18 - ކިތާބުލް މުޤައްދަސާ

18 ދެވަނަ މީހާ އައިސް ދެންނެވި. ’⁠ސާހިބާ، މަނިކުފާނު ދެއްވި ރަނުގެ ލާރިން ކުރި ވިޔަފާރިން އެލާރިއަށް ފަސް ގުނަ އިތުރަށް ލިބިއްޖޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 19:18
7 ပူးပေါင်းရင်းမြစ်များ  

ގޮވާން ހެއްދުމަށް ރަނގަޅު ފަސްގަނޑުގެ މައްޗަށް އެޅުނު އޮށްތަކުގެ މާނައަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއަހައި އެ ބަސްފުޅު ފުރިހަމައަށް އެނގިހުރި މީހުންގެ މިސާލު. އެމީހުންނީ އެކަލާނގެ ކިބަފުޅަށް އިތުބާރުކޮށް އެގޮތުގައި ދެމިތިބި މީހުން. އެފަދަ މީހުންނަކީ ގޮވާން ލިބިދެނޭ މީހުން. ބައެއްފަހަރު ސަތޭކަގުނަ އިތުރަށް ލިބިދޭނެ. އަނެއްބައި ފަހަރު ފަސްދޮޅަސް ގުނަ އިތުރަށް ލިބި އަދި ބައެއްފަހަރު ތިރީސްގުނަ އިތުރަށް ލިބިދޭނެ.⁠“


އެއަށް ފަހު ދެހާސް ރަން ފައިސާފޮތި ހާވަޅުކުރެވުނު ޚާދިމު އައިސް ސާހިބުމީހާއަށް ބުނި. ’⁠ސާހިބާ އަޅުގަނޑާ ހަވާލުކުރީ ދެހާސް ފައިސާފޮތި. މިހިރީ އަޅުގަނޑު ވިޔަފާރިކޮށްގެން ހޯދި އިތުރު ދެހާސް ފައިސާފޮތި.⁠‘


އެހެނަސް އަނެއްބައި މީހުންނަކީ ބިމުގައިވާ ރަނގަޅު ފަސްގަނޑުގެ ތެރެއަށް އެޅުނު އޮށްތައް ފަދަ ބައެއް. އެބައިމީހުން މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއަހައި ބަލައިގަންނަ، މާތްރަސްކަލާނގެ ބަސްފުޅާމެދު ސާބިތުވެ ތިބި ރަނގަޅު ގޮވާން ލިބޭ ފަދަ ބައެއް. ބައެއް ކުރާގަނޑުތަކުން ތިރީސް ގުނަޔަށާއި ފަސްދޮޅަސް ގުނަޔަށް އޮށްޓަރު ލިބުނު. އަދި އަނެއްބައި ކުރާގަނޑުތަކުން ސަތޭކަ ގުނަޔަށް އޮށްޓަރު ލިބުނު.⁠“


މިބޭފުޅާ މިދަތުރުފުޅުގައި ފުރާވަޑައިގެންނެވުމުގެ ކުރިން އޭނާގެ ދިހަ ނޯކަރުން އެއްކޮށް އޭގެން ކޮންމެ މީހަކަށް ރަނުގެ ލާރިއެއް ދެއްވާ ވިދާޅުވި. ’⁠މި ފައިސާއިން ކަލޭމެން އަހަރެން އަންނަންދެން ވިޔަފާރި ކުރާށޭ.⁠‘


އެރަސްގެފާނު ވިދާޅުވި. ’⁠މަގޭ ރަނގަޅު ނޯކަރާއޭ. ކަލެއަށް އަހަރެން ސާބަސްދެމޭ. ކަލޭ އާއި ހަވާލުކުރެވުނު ކުޑައެއްޗަކަށް ކަލޭ ތިޔަފަދައިން ތެދުވެރި ވެއްޖައީމުއޭ. ވީމާ ކަލޭ އަހަރެންގެ ރަށްތަކުގެ ތެރެއިން ދިހަ ރަށުގެ ވެރިކަން ހިންގުމާއި ހަވާލުވެދޭށޭ.⁠‘


އޭނާގެ ވެރިމީހާ ބުނި. ’⁠ކަލޭ ގޮސް އަހަރެންގެ ފަސް ރަށް ހިންގުމާއި ހަވާލުވާށޭ.⁠‘


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ