Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 19:17 - ކިތާބުލް މުޤައްދަސާ

17 އެރަސްގެފާނު ވިދާޅުވި. ’⁠މަގޭ ރަނގަޅު ނޯކަރާއޭ. ކަލެއަށް އަހަރެން ސާބަސްދެމޭ. ކަލޭ އާއި ހަވާލުކުރެވުނު ކުޑައެއްޗަކަށް ކަލޭ ތިޔަފަދައިން ތެދުވެރި ވެއްޖައީމުއޭ. ވީމާ ކަލޭ އަހަރެންގެ ރަށްތަކުގެ ތެރެއިން ދިހަ ރަށުގެ ވެރިކަން ހިންގުމާއި ހަވާލުވެދޭށޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 19:17
14 ပူးပေါင်းရင်းမြစ်များ  

އެހެންވީމާ، ޔޫސުފުގެފާނާއިމެދު ފޫޠީފާރުގެ މަޤްބޫލުކަން ބޮޑުވެ އޭނާގެ އެންމެގާތް ޚާދިމުގެ ގޮތުގައި އެކަލޭގެފާނު ހަމަޖެއްސެވިއެވެ. އަދި އެކަލޭގެފާނަށް އިތުބާރު ކުރައްވައި އޭނާގެ އެންމެހާ މިލްކިއްޔާތު ތައް ހިންގައި ބެލެހެއްޓުމަށް ޔޫސުފުގެފާނާއި ހަވާލު ކުރިއެވެ.


ވައްތީނި ގަހެއް އިންދާ މީހާ އެގަހުގެ މޭވާ ކާނެއެވެ. އެފަދައިން ސާހިބުމީހާގެ ތަކެތި ރައްކާތެރިކޮށްދޭ މީހާއަށް އޭގެ ޝަރަފު ލިބޭނެއެވެ.


ސާހިބުމީހާ ބުނި. ’⁠ވަރަށް ރަނގަޅު. ކަލެއަކީ ރަނގަޅު ވަފާތެރި ޚާދިމެއް. ކަލޭ ކުޑަ ފައިސާގެ މިންވަރަށް ވަފާތެރިވި. އެހެންވެ އަހަރެން ކަލެއާ ގިނަ މުދާތައް ހަވާލު ކުރާނަން. އަހަރެންގެ ކައިރިއަށް އައިސް އަހަރެންގެ މި އުފަލުގައި ބައިވެރިވޭ.⁠‘


ކުރާ ކުޑަ ކަންތައްތަކުގައި ތެދުވެރި ވާ މީހަކު ބޮޑެތި ކަންތައްތަކުގައި ވެސް ތެދުވެރި ވާނެ. އެކަމަކު ކުރާ ކުޑަކަންތައްތަކުގައި މަކަރު ހަދާ މީހަކު އޭނާ ކުރާ ބޮޑެތި ކަންތައްތަކުގައި ވެސް މަކަރު ވެރިވާނެ.


ފުރަތަމަ މީހާ އައިސް ދެންނެވި. ’⁠ސާހިބާ. މަނިކުފާނު އަޅުގަނޑުގެ އަތަށް ވިޔަފާރި ކުރުމަށް ދެއްވި ރަނުގެ ލާރިން ދިހަ ގުނަ އިތުރަށް ލިބިއްޖޭ.⁠‘


ދެވަނަ މީހާ އައިސް ދެންނެވި. ’⁠ސާހިބާ، މަނިކުފާނު ދެއްވި ރަނުގެ ލާރިން ކުރި ވިޔަފާރިން އެލާރިއަށް ފަސް ގުނަ އިތުރަށް ލިބިއްޖޭ.⁠‘


އެއީ އޭރުން ކަލޭމެން އަހަރެންގެ ރަސްކަމުގައި އަހަރެންނާއި އެއްމޭޒެއްގެ މަތީ ކައި ބޮއި އުޅުމަށް. އަދި ތަޚުތުތަކުގައި އިށީނދެ ބަނީއިސްރާއީލުގެ ބާރަ ދަރިކޮޅުގެ މައްޗަށް ހިސާބު ބެލުމަށް.⁠“


މިފަދަ ކޮންމެ ދަތިކަމަކަށް ކެތްކުރުމަށް އަހަރެން ތައްޔާރުގައި މިހިރީ މާތްކަލާނގެ ހޮއްވެވި މީހުންނަށް އަލްމަސީޙު އީސާގެފާނު މެދުވެރި ކުރައްވައި ނިމުމެއް ނުވާ ޖަލާލަތުކަމާއެކު ދިންނެވުން ލިބޭނެ ގޮތް ވުމަށްޓަކައެވެ.


ތިޔަބައިމީހުންގެ ހުރި އީމާންތެރިކަމެއްގެ ޙަޤީޤަތް ސާބިތުވާނީ މިފަދަ އިމްތިޙާނުތަކުންނެވެ. އެހެނީ ރަން ވެސް އޭގައި ހުންނަ ނުސާފުކަން ސާފުކުރުމަށް އަލިފާނަށް ލާން ޖެހެއެވެ. ތިޔަބައިމީހުންގެ އީމާންތެރިކަން ފަނާވެދާނެ ރަނަށް ވުރެން އަގު ބޮޑެވެފައި މާ މުހިންމު ކަމަށް ވާތީ އެވެ. އެއީ އީސާ އަލްމަސީޙު ފާޅުވެވަޑައިގަންނަވާ ދުވަހު ތިޔަބައިމީހުންނަށް ވެސް އެކަލޭގެފާނުގެ ތާރީފާއި ޖަލާލަތާއި އިއްޒަތުގައި ޝާމިލު ވުމުގެ ޙައްޤު ލިބިގެންދާނެ ގޮތް ވުމަށްޓަކައެވެ.


އެއަށް ފަހު އަލްމަސީޙު، ހުއިހެއްޕުމުގެ އެންމެމަތީ ވެރިޔާ އެނބުރި ވަޑައިގަތުމުން، އޭގެ ރީތިކަމަށް ފަނޑުކަމެއް ނާންނަ ފަދަ ނޫރުން އެކުލެވިގެންވާ މަތިވެރި ތާޖު، ތިޔަބައިމީހުންނަށް ލިބިދޭނޭއެވެ.


ތިމަންރަސްކަލާނގެ، އިސްރާއީލުގެ ވެރި މާތްކަލާނގެ އަންގަވާފައި ވާނީ ކަލެއާއި ކަލޭގެ އާއިލާ ތިމަންކަލާނގެއަށް ޚިދުމަތްކުރުމަށް އިމާމުންގެ ގޮތުގައި އަބަދުވެސް ވާނެކަމަށް. އެހެނެއްކަމަކު މިހާރު ކަންތައް މިދަނީ މާ މައްޗަށް. ތިމަންކަލާނގެ މިހާރު މި އަންގަވަނީ ތިމަންކަލާނގެ ޤަދަރު ކުރައްވާނީ ތިމަންކަލާނގެއަށް ޤަދަރު ކުރާ ބަޔަކަށޭ. ތިމަންކަލާނގެއަށް ނިކަމެތިކޮށް ހިތާމީހުން ވާނީ ނިކަމެތި ކުރެވިގެންވާ މީހުންގެ ތެރޭގައޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ