Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 19:10 - ކިތާބުލް މުޤައްދަސާ

10 އިންސާނާގެ ދަރިކަލުން މި ދުނިޔެއަށް އައީ މަގުއޮޅި ގެއްލިފައިވާ މީހުން ހޯދާ ސަލާމަތް ކުރުމަށްޓަކާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 19:10
17 ပူးပေါင်းရင်းမြစ်များ  

އެކަމަނާ ފިރިހެން ދަރިކަލަކައިގެން ރައްކައުވެ ވަޑައިގަންނަވާނެ. ތިބާ އެދަރިކަލުންނަށް އީސާ އޭ ކިޔައި ނަން ދީ. އެ ދަރިކަލުންނަށް މިފަދައިން ނަންދޭންވި ސަބަބަކީ އެ ކަލޭގެފާނުގެ އަހުލުންގެ ފާފަތަކުން އެކަލޭގެފާނު، އެ އަހުލުން ސަލާމަތްކޮށްދެއްވާނޭތީ.⁠“


ނަމަވެސް ބަނީއިސްރާއީލުންގެ މީސްތަކުންގެ ކައިރިއަށް ދޭ. އެބައިމީހުން ވަނީ ގެއްލިފައި ތިބި ކަންބަޅިތަކެއް ފަދައިން.


ދެން އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެން ފޮނުއްވުނީ ހަމައެކަނި އިސްރާއީލުގެ މީހުންގެ ގާތަށް. އެމީހުން ތިބީ ހުއިހައްޕާނެ މީހަކު ނެތި ތިބި ކަންބަޅިތަކެއް ފަދައިން.⁠“


”⁠ސަމާލުވެ އަޑުއަހާ! މިއިން ކުޑަކުއްޖަކަށް ނިކަމެތިކޮށް ނުހިތާތި. މިކުދިންގެ މަލާއިކަތުން އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ހުރިހާ އިރެއްގައިވެސް ތިބޭނެ.


ނަމަވެސް މިއަދު ކަލޭގެ ގެއްލިފައި ވީ ކޮއްކޮ އެނބުރި އައި ހިނދު އެކަމުގެ އުފަލުގައި އަހަރެމެން މިކެއުން ތައްޔާރުކޮށް އުފާ ފާޅުކުރަން ޖެހޭނޭ. އެއީ ކަލޭގެ ކޮއްކޮ ވީ މަރުވެފައޭ. ނަމަވެސް މިހާރު އޭނާއަށް އަލުން ޙަޔާތެއް ލިބިއްޖޭ. އޭނާ ވީ ގެއްލިފައޭ. ނަމަވެސް އަލުން އޭނާ ފެނިއްޖޭ.⁠‘⁠“


އަދި އީސާގެފާނު މި މާނަފުން ވާހަކަ ވެސް އެބައިމީހުންނަށް ވިދާޅުވެ ދެއްވިއެވެ. ”⁠މިސާލަކަށް އަންހެނެއްގެ އަތުގައި ރިހި ދިހަލާރި ވި. އަދި މީގެ ތެރެއިން އެއްލާރި ގެއްލުނު. މިހެން ކަންތައް ދިމާވި ހިނދު އެއަންހެން މީހާ ކަންތައް ކުރާނީ ކޮން ފަދައަކުން؟ އޭނާ ބައްތި ދިއްލައި ގޭތެރެ އަލިކޮށް މުޅި ގޭތެރެ ކުނިކަހާ މި ރިހިލާރި ފެނޭތޯ މުޅި ގޭތެރޭގެ ހުރިހާ ތަނެއް ހޯދާނެ.


މާތްރަސްކަލާނގެ އެކަލާނގެ ދަރިކަލުން ދުނިޔެއަށް ފޮނުއްވީ ދުނިޔޭގެ މީސްތަކުން ކުށްވެރި ކުރެއްވުމަކަށް ނޫން. ނަމަވެސް އެކަލޭގެފާނު މެދުވެރިކޮށް އެމީހުން ދިންނެވުމަށް.


މާތްރަސްކަލާނގެ ޙަޟްރަތަށް ގެންދެވޭ މީހުން، އެކަލޭގެފާނު މެދުވެރިވެގެން ހުރިހާއިރަކުވެސް ސަލާމަތް ކުރެއްވުމުގެ ބާރުފުޅު އެކަލޭގެފާނަށް ލިބިވަޑައިގަންނަވައެވެ. އެމީސްތަކުންނާ ބެހޭ ވާހަކަތައް މާތްރަސްކަލާނގެއަށް ދެންނެވުމަށް އަބަދުވެސް އެކަލޭގެފާނު ދިރިދެމި ހުންނަވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ