Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 18:9 - ކިތާބުލް މުޤައްދަސާ

9 އެމީހުންގެ ދީންވެރިކަމުގެ ސަބަބުން މާތްރަސްކަލާނގެ އެމީހުންނާ ދޭތެރޭ އެހެން އެންމެންގެ މައްޗަށް ރުހިވޮޑިގެންވާ ވަރަށް ވުރެ ބޮޑަށް ރުހިވޮޑިގެންވާ ކަމުގައި ހީކޮށް އަދި އެމީހުންނަކީ އެހެން މީހުންނަށް ވުރެން މާ ރަނގަޅު ބަޔަކު ކަމުގައި ދެކިގެން ތިބި ބަޔަކަށް އީސާގެފާނު މި މާނަފުން ވާހަކަ ވިދާޅުވެ ދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 18:9
22 ပူးပေါင်းရင်းမြစ်များ  

އެމީހުންނަށް އެމީހުން ފެންނަނީ ނިކަން ތާހިރު ބައެއްގެ ގޮތުގައެވެ. އެކަމަކު އެއީ ފެންނުވަރާ ނަޖިސް ބައެކެވެ.


ނަމަވެސް މި ދީނުގެ ދަންނަބޭކަލާ މި ވަރަކުން ހުއްޓައެއް ނުލިއެވެ. އޭނާ މީސްތަކުންގެ ކުރިމަތީގައި އޭނާގެ މޮޅުކަން ދައްކާންވެގެން އެކަލޭގެފާނު ކުރެން އަނެއްކާ އެހެން ސުވާލެއް ކުރިއެވެ. ”⁠ނަމަވެސް އަޅުގަނޑުގެ އަވަށްޓެރިންނޭ މިބުނެވޭ ބަހުގެ މާނައަކީ ކޮބައި ތޯ؟⁠“


އެތާނގައި ދީނީ ބޮޑުން ކަމުގައިވާ ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ވެސްވިއެވެ. މިބައިމީހުން މިކަމާ މެދު ޝަކުވާކޮށް ފާޑުކިއުމުގެ ގޮތުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިމީހާއަކީ ފާފަވެރިންނާއި އެކު ކައި ބޮއި އެމީހުންނާއި ވާހަކަ ދައްކާ ހެދުމަށް ވަރަށް އެދޭ މީހެއް.⁠“


ދެން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔައީ މީހުންގެ ކުރިމަތީގައި ކަލޭމެންގެ ހުރިހާ އަމަލުތަކަކީ ވެސް ރަނގަޅު އަމަލުތަކެއް ކަމުގައި ހަދާ ބަޔެއް. ނަމަވެސް މާތްރަސްކަލާނގެ ކަލޭމެންގެ ހިތްތައް ދެކެ ދެނެ ވޮޑިގެން ވޭ. އިންސާނުންގެ ކުރިމަތީގައި މަތީ އަގުހުންނަ ކަންތައްތަކަކީ މާތްރަސްކަލާނގެ ކުރިފުޅުމަތީ ތާކުންތާކު ނުޖެހޭ ހުތުރު ކަންތައްތައް.⁠“


މިދީންވެރިޔާ ކުރިއަށް ގޮސް އެންމެންނާ ވަކިން ހުރެ އޭނާ ކުރާ ރަނގަޅު ކަންތަކާއި ބެހޭގޮތުން ދުޢާކުރަން ފެށި. ’⁠މާތްރަސްކަލާކޯއޭ. މިއަޅާއަކީ އެހެން މީހުން ކަހަލަ މީހަކަށް ނުވީތީ ޝުކުރު ވެރިވަމޭ. އެއީ މިއަޅާއަކީ ވައްކަން ކުރާ މީހަކީމެއް ނޫނޭ. ނުބައި ކަންތައްތައްކޮށް އުޅޭ މީހަކީމެއް ނޫނޭ. ހިލޭ އަންހެނަކާއެކު ގުޅުމެއް ހިންގާ މީހެއް ވެސް ނޫނޭ. އަދި އެހެރަ ޓެކްސް ނަގާ މީހާ ކަހަލަ މީހަކީމެއް ވެސް ނޫނޭ.


އެއްވެފައިވާ މީސްތަކުން މިކަންތައް ދެކެ މިކަމާއި ނުރުހި ފާޑުކިޔުމުގެ ގޮތުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އޭނާ އެދިޔައީ ފާފަވެރިޔެއްގެ މެހުމާނަކު ކަމުގައި ވުމަށް!⁠“


އީސާގެފާނަށް ދަޢުވަތު ދިން ފަރީސީނުގެ މީހާއަށް މިތަން ފެނުމުން އޭނާ ހިތާހިތާ ކިޔެވެ. ”⁠މިމީހާއަކީ ރަސޫލަކު ނަމަ އޭނާގެ ގައިގައި އެއަތްލަނީ ކޮންކަހަލަ މީހެއްކަން އަދި މި އަންހެންމީހާއަކީ ކޮންކަހަލަ މީހެއްކަން އެނގުނީހެއް ނޫން ހޭ؟ މި އަންހެން މީހާއަކީ ފާފަވެރިއަކުކަން އެނގުނީހެއް ނޫން ހޭ؟⁠“


އެވަގުތު އެމީހުން ހަޅޭއްލަވަން ފެށިއެވެ. ”⁠ކަލޭތީ ސަމީރިއްޔާގެ ޖިންނި މޮޔަވެފައި ހުރި މީހެކޭ އަހަރެމެން ބުނި ބަސް އެއީ ތެދެއް ނޫންތަ؟⁠“


ދެން އެމީހުން އޭނާއާ ދިމާއަށް އެއްޗިހި ކިޔައިގެންފައި ބުންޏެވެ. ”⁠އޭނާ އަށް ތަބާވެގެން ތިހިރީ ކަލޭ. އަހަރެމެންނަކީ މޫސާގެފާނަށް ތަބާވެގެން ތިބި މީހުން.


ފަރީސީން އެމީހާއަށް ބުންޏެވެ. ”⁠ކަލެއަކީ އުފަންވީ އިރު ވެސް ފާފައިން ފުރިފައި ހުރި މީހެއް. ކަލޭ ތިޔަ އުޅެނީ އަހަރެމެންނަށް ވެސް ކިޔަވައިދޭންތަ؟⁠“ މިހެން ބުނެ އެމީހާ އެ މަރުކަޒުން ނެރެ ބޭރުކޮށްލައިފިއެވެ.


ނަމަވެސް މާތް ސާހިބާ ވިދާޅުވިއޭ. ’⁠ޖެރޫސަލަމުން ދާށޭ. އަހަރެން ކަލޭ މި ފޮނުވަނީ މި ރަށުން ވަރަށް ދުރަށް ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށޭ.⁠‘⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ