ލޫކާސް 18:43 - ކިތާބުލް މުޤައްދަސާ43 ހަމަ އެވަގުތު އޭނާގެ ލޮލަށް އަލިވެއްޖެއެވެ. ދެން އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުކުރަމުން އީސާގެފާނުގެ އަރިހުގައި ހިނގައްޖެއެވެ. މިތަން ދުށް އެންމެން ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުކުރިއެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު ޒައިތޫނި ފަރުބަދަ މަތިން ތިރިއަށް ދާ މަގުން ދަތުރު ކުރައްވާ ވަޑައިގެންނެވި ހިނދު އެތާ ތިބި އެތައް ހާސް އަސްޙާބީންނެއް ބާރު އަޑުން މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ސަނާ ކިޔަން ފެށިއެވެ. އެއީ އެބައިމީހުންނަށް އެކަލޭގެފާނުގެ ކިބައިން ފެނުނު ގިނަވެގެން ވީ ހައިރާން ކުރުވަނިވި ކަންތައްތަކުގެ ސަބަބުންނެވެ. އެބައިމީހުން އުފަލާއިއެކު މިފަދައިން ގޮވަމުން ގެންދިޔައެވެ. ”މަތިވެރި ރަސްކަލާނގެ އިސްމުފުޅުގައި ވަޑައިގަންނަވާ ރަސްގެފާނަށް ބަރަކާތްތެރިކަން ލައްވާ ފާނދޭ! މާތްރަސްކަލާނގެ އާއި އިންސާނުންނާއި ދެމެދު ސުލްޙަވެރިކަން ދަމަހައްޓަވާ ގާއިމު ކުރައްވާ ފާނދޭ! މަތިވެރި ރަސްކަލާނގެއަށް ހަމްދާއި ސަނާ ދަންނަވަން!“
ބަނީއިސްރާއީލުގެ އީސާގެފާނަށް އީމާންވެގެންވީ މީހުންނަށް ޕަތަރަސްގެ މި ވާހަކަތަކުގެ އަޑު އިވުމުން އޭނާއާއި ދެކޮޅަށް ވާހަކަ ދެއްކުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް މިފަދައިން ހަމްދާއި ޝުކުރު ކޮށް ސަނާކިޔެވެ. ”ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް އެކަލާނގެ ކިބަފުޅަށް އެނބުރުމުގެ ފުރުސަތު މާތްރަސްކަލާނގެ ދެއްވައިފި. އަދި އެމީހުންނަށް ނިމުންނުވާ ދިރިހުރުން އެކަލާނގެ ދެއްވައިފި.“
ކަލޭ އެބައިމީހުންގެ ލޯތައް ހުޅުވާނޭ. އަދި އެމީހުން އަނދިރިކަމުން އަލިކަމަށް އަދި ޝައިތާނާގެ ބާރުގެ ދަށުން މާތްރަސްކަލާނގެ ބާރުގެދަށަށް އައުމަށް އެހީވެދޭނޭ. އޭރުން އެމީހުންގެ ފާފަތައް ޢަފޫކުރެއްވި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރުމުގެ ސަބަބުން މާތްރަސްކަލާނގެ ޚާއްސަ މަޤާމެއް ދެއްވާފައި ވާ އެހެން މީހުންގެ ތެރެއިން އެމީހުން ވެސް ހިމެނޭނޭ.‘“
މި ދީނީކޯޓުގެ ވެރިން ޕަތަރަސްއާއި ޔޫޙަންނާ އަށް އިތުރަށް ވެސް ބިރުދައްކާ އިންޒާރުތައް ކުރިއެވެ. ނަމަވެސް އެންމެ ފަހުން އެމީހުންނަށް ޖެހުނީ ޕަތަރަސްއާއި ޔޫޙަންނާ ދޫކޮށްލާށެވެ. އެއީ އެމީހުންނަށް އަދަބު ދީފިނަމަ މީސްތަކުންގެ ތެރޭގައި ބަޣާވަތެއް އުފެދޭނެ ކަން އެމީހުންނަށް ޔަޤީނެވެ. އެއީ ސާޅީސް އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު ނުހިނގި ވާވެފައިވީ މީހާ ރަނގަޅު ވުމުގެ ސަބަބުން މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔަމުން ދިޔައެވެ.
ނަމަވެސް ތިޔަބައިމީހުންނީ އެފަދަ ބައެއްނޫނެވެ. ތިޔަބައިމީހުންނީ ޚިޔާރު ކުރެވިގެންވާ ބައެކެވެ. ޝާހީ އިމާމުވަންތަ ކަމުގައިވާ ބައެކެވެ. އަދި މަތިވެރިކުރެއްވި ޤައުމެކެވެ. މާތްރަސްކަލާނގެއަށް މިލްކުވެގެންވާ ބައެއްމެއެވެ. ތިޔަބައިމީހުން އެކަލާނގެ ޚިޔާރު ކުރެއްވީ އެކަލާނގެ ހެޔޮފުޅުވަންތަކަން މީސްތަކުންނަށް ދެއްކުމަށެވެ. އެއީ ތިޔަބައިމީހުން އަނދިރިކަމުގެ ތެރެއިން ޙައިރާންކުރުވަނިވި އަލިކަމެއްގެ ތެރެއަށް ގެނެސްދެއްވި ކަމުގެ ޚަބަރެވެ.