42 އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ލޮލަށް އަލިކަން ލިބިގަނޭ. ކަލޭގެ އީމާންތެރިކަމުގެ ސަބަބުން ކަލޭގެ ލޯ ތިޔަ ވަނީ އަލިވެފަ.“
އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ދައްތާ. ދައްތަގެ އީމާންތެރިކަން ވަރަށް ވެސް މަތިވެރި. ދައްތަ އެދިގެންވާ ކަމެއް އަހަރެން ދައްތައަށް ކޮށްދޭނަން.“ އަދި ހަމަ އެ ހިނދު އެ އަންހެނާގެ ދަރިފުޅު ބަލިން ފަސޭހަވެ ރަނގަޅުވިއެވެ.
އީސާގެފާނު އެކަލޭގެފާނުގެ އަތްޕުޅު ދިއްކުރައްވައި އެމީހާގެ ގައިގައި ބީއްސަވައި ވިދާޅުވިއެވެ. ”އަހަރެން އެދެން. ސާފުވެ ތާހިރުވޭ!“ ކުއްލިއަކަށް އެމީހާއަށް ޖެހިފައިވާ ޖުޒާމު ބަލި ފަސޭހަވެއްޖެއެވެ.
އީސާގެފާނު ފަސްއެނބުރި ބައްލަވާލައްވައި އެ އަންހެނާއަށް ވިދާޅުވިއެވެ. ”ދަރިފުޅާ، ހިތްވަރުކުރޭ! ކަނބުލޭގެ އީމާންތެރިކަމުގެ ސަބަބުން ކަނބުލޭގެ ބަލި މިހާރު ތިޔަވަނީ ފަސޭހަވެފައި!“ އެހިނދު އެ އަންހެނާގެ ބަލި ފަސޭހަ ވެއްޖެއެވެ.
އެކަލޭގެފާނު މިމީހާއަށް ވިދާޅުވިއެވެ. ”ތެދުވޭ. އަދި ކަލޭގެ މަގުގައި ކުރިއަށް ދޭ. ކަލޭގެ ބަލި ހެޔޮވެފައި ތިޔަވަނީ ކަލޭ އީމާންވީތީ.“
”އަހަރެން ކަލެއަށް ކޮށްދޭންވީ ކޮންކަމެއް؟“ މިމީހާ ބުންޏެވެ. ”މާތްސާހިބާ، އަޅުގަނޑުގެ އެދުމަކީ އަޅުގަނޑުގެ ލޮލަށް ފެންނަ ގޮތް ހައްދަވާ ދެއްވުން.“
އީސާގެފާނު އަންހެން މީހާއަށް ވިދާޅުވިއެވެ. ”ކަލޭގެ އީމާންތެރިކަމުގެ ސަބަބުން ކަލޭ ދިންނަވައިފި. ހިތްހަމަޖެހިގެން ދޭ!“
އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ދައްތާ! ދައްތަގެ އީމާންކަމުގެ ސަބަބުން ދައްތައަށް ތިޔަވަނީ ރަނގަޅުވެފަ. ހިތް ހަމަޖެހި އުފާކުރޭ.“