ލޫކާސް 18:39 - ކިތާބުލް މުޤައްދަސާ39 އެކަލޭގެފާނުގެ ކުރިން ހިނގާފައި ދިޔަ މީހުން އޭނާއާއި ދިމާއަށް މަޑުން އިނުމަށް އެންގިއެވެ. ނަމަވެސް މިމީހާ އަދި އެއަށް ވުރެ ވެސް ބާރަށް ގޮވަންފެށިއެވެ. ”އޭ ދާއޫދުގެފާނުގެ ދަރިކޮޅުގެ ކަލޭގެފާނު އީސާގެފާނު. އަޅުގަނޑުގެ މައްޗަށް ރަޙުމް ކުރައްވާ.“ အခန်းကိုကြည့်ပါ။ |
ބައެއް މީހުން އެބައިމީހުންގެ ޅަފަތު ކިރުބޯ ކުދިން އީސާގެފާނުގެ އަރިހަށް ގެނައެވެ. އެއީ އެކުދިންގެ ބޮލުގައި އެކަލޭގެފާނުގެ އަތްޕުޅު ބީއްސަވާ އެކުދިންނަށް ބަރަކާތްލެއްވުމަށް އެދިގެންނެވެ. ނަމަވެސް އީސާގެފާނުގެ އަސްޙާބީން އެމީހުން މިހެން ކަންތައް ކުރުމުން އެމީހުންނަށް ނުރުހުނެވެ. އަދި އެމީހުންގެ ކިބައިން އީސާގެފާނަށް އުނދަގޫ ނުކުރުމަށް އެދުނެވެ.