ލޫކާސް 18:38 - ކިތާބުލް މުޤައްދަސާ38 މިސަލާން ޖަހާ މީހާ އެތާ އިނދެ ބާރަށް ގޮވަން ފެށިއެވެ. ”އޭ ދާއޫދުގެފާނު ދަރިކޮޅުގެ ބޭކަލުން އީސާގެފާނު. އަޅުގަނޑުގެ މައްޗަށް ރަޙުމް ކުރައްވާ.“ အခန်းကိုကြည့်ပါ။ |
އެ ސަރަހައްދުގައި ދިރިއުޅެމުން ދާ ކަންޢާނީންގެ އަންހެނަކު ހަރުއަޑުން އާދޭސް ދަންނަވަމުން އީސާގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. ”އޭ މާތްސާހިބާ! ދާއޫދުގެފާނުގެ ދަރިކަލުންނޭ! އަޅުގަނޑުގެ މައްޗަށް ރަޙުމް ކުރައްވާ! ޖިންނިއެއް އަޅުގަނޑުގެ އަންހެން ދަރިފުޅާ އަވަލައިފި. އެކަމުގައި އޭނާ ނުހަނު ވޭން އުފުލަމުން ގެންދޭ.“
ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނަށް އެކަލޭގެފާނު ދެއްކެވި މި މަތިވެރި މުޢުޖިޒާތްޕުޅު ފެނުނެވެ. އަދި ބައިތުލް މަޤްދިސްގެ ތެރޭގައި ތިބި ކުޑަކުދިން މިފަދައިން ގޮވަމުން ގެންދިޔަ އަޑު އެބައިމީހުންނަށް އިވުނެވެ. ”ދާއޫދުގެފާނުގެ ދަރިކަލުންނާއި މެދު މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރަން!“ މި ހުރިހާ ކަމާކާއި ގުޅިގެން ބޮޑުއިމާމުންނާއި ދީނުގެ އެދުރުބޭކަލުން ރުޅިއައެވެ.
އަދި އެއްބަޔަކު އީސާގެފާނުގެ ކުރިފުޅުމަތީގައި އަދި އަނެއް ބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުގައި މިފަދައިން ގޮވަމުން ދިޔައެވެ. ”ދާއޫދުގެފާނުގެ ދަރިކަލުންނަށް ޙަމްދުހުރި! މާތްރަސްކަލާނގެ ނަންފުޅުގައި ވަޑައިގަންނަވާ ސާހިބުވަންތަ ފަރާތަށް ރަޙުމަތް ލައްވާނދޭ! އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި!“