Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 18:31 - ކިތާބުލް މުޤައްދަސާ

31 އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއިގެން މީސްތަކުންނާއި ދުރަށް އެއްފަރާތަކަށް ވަޑައިގެން އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެމެން މި ވަނީ ޖެރޫސަލަމާއި ވަރަށް ކައިރިވެފަ. އަދި އެރަށުގައި އިންސާނާގެ ދަރިކަލުންނާއި މެދު އިހު ޒަމާނުގެ ނަބީބޭކަލުން ލިޔުއްވި ކަންތައްތައް އެބޭކަލުން ލިޔުއްވި ފަދައިން ހިނގާ ނިމިދާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 18:31
17 ပူးပေါင်းရင်းမြစ်များ  

އެހިނދުން ފެށިގެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މި ވާހަކަތައް ކިޔައިދެއްވަން ފެއްޓެވިއެވެ. އެއީ އެކަލޭގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވަން ޖެހޭނޭ ކަމުގައްޔާއި، ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑުއިމާމުންނާއި އަދި ދީނުގެ ދަންނަބޭކަލުން އެތަނުގައި އެކަލޭގެފާނަށް ތަފާތު މުސީބާތްތަކާއި އުނދަގޫތައް ޖައްސަވާނެ ކަމުގެ ވާހަކަތަކެވެ. އަދި އެކަލޭގެފާނު އަވަހާރަ ކޮށްލެވޭނޭ ކަމުގައްޔާއި އަދި އޭގެ ތިންވަނަ ދުވަހު އަލުން ދިރުއްވޭނޭ ކަމުގައި ވެސް އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ.


އަދި އެބައިމީހުން ޕިލާތުސްއަށް ބުންޏެވެ. ”⁠ސާހިބާ، އެ ދޮގުވެރިޔާ މީގެ ކުރިން މިފަދައިން ބުނި އަޑު އަޅުގަނޑުމެން އެހީން. ’⁠ތިން ދުވަސް ފަހުން ތިމަން އަލުން ދިރިގެން ތެދުވާނަމޭ.⁠‘


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އެއްދުވަހަކު މީހަކު ޖެރޫސަލަމުން ޖެރިކޯ ރަށަށް ދިއުމަށްޓަކައި ދަތުރު ފެށި. ދަތުރު ކުރަމުން ދިޔަ މަގުމަތީ މަގު ފޭރޭ ވަގުންގެ ބަޔަކު އޭނާއާއި ހަމަލާ ދީ އޭނާގެ ގައިގާ ތަޅާ އަނިޔާ ކޮށް އޭނާގެ ހުރިހާ މުދަލާއި އަންނައުނުތައް ފޭރިގަނެ އޭނާ އެތާ މަރުވަން ދޫ ކޮށްލާފައި ފިލައިފި.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑު އިމާމުންނާއި އަދި ދީނުގެ ދަންނަބޭކަލުން އަހަރެން ބުނާ ބަސް ގަބޫލުނުކޮށް އަދި އެމީހުންގެ އަތުން އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަންނަށް އެތައް އަނިޔާއެއް ލިބޭނެ. އަދި އަހަރެން މަރާލެވޭނެ. ނަމަވެސް މަރުވުމަށް ފަހު ތިންވަނައަށް ވާ ދުވަހު އަހަރެން އަލުން ދިރުއްވޭނެ.⁠“


އީސާގެފާނު މި ދުނިޔެ ދޫކޮށް ވަޑައިގަތުމުގެ ދުވަސް ކައިރިވުމުން އެކަލޭގެފާނު ހިތްވަރުފުޅު ގަދަ ކުރައްވާ ގަސްތުކުރެއްވީ ޖެރޫސަލަމަށް ވަޑައިގަތުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ