Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 18:23 - ކިތާބުލް މުޤައްދަސާ

23 މިހެން ވިދާޅުވި އަޑުއިވުމުން މިމީހާ ވަރަށް ދެރަވެއްޖެއެވެ. އެއީ މިމީހާއަކީ ވަރަށް ފައިސާވެރިއެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 18:23
15 ပူးပေါင်းရင်းမြစ်များ  

އެ ޒުވާން ފިރިހެނާއަށް މިބަސްތައް އަޑު އިވުނު ހިނދު ނުހަނު ދެރަވިއެވެ. އަދި ހިތްދަތިކަމާއެކު އެތަނުން ދިޔައެވެ. ސަބަބަކީ އޭނާއަކީ ވަރަށް ބޮޑު މުއްސަންޖެކެވެ.


އީސާގެފާނު މިފަދައިން ވިދާޅުވި އަޑު މި ފިރިހެނާއަށް އިވުމުން އޭނާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އަދި ނުހަނު ދެރަވެ ހުރެ ހިނގައްޖެއެވެ. ސަބަބަކީ މި ފިރިހެނާއަކީ މުއްސަނދި މީހެއް ކަމުގައި ވީތީއެވެ.


ދެން އެކަލޭގެފާނު އެއްވެފައި ތިބި މީސްތަކުންނަށް ވިދާޅުވިއެވެ. ”⁠ދަހި މީހަކު ކަމުގައި ނުވެ އުޅެވޭތޯ ބަލާ. މީހަކު ކިތައްމެ ބޮޑު ފައިސާ ވެރިޔަކު ކަމުގައި ވެ އަދި އެމީހާޔަށް ގިނަ މުދާތައް ވާކަމުގެ ސަބަބުން އެމީހާއީ ފުރިހަމަ ޙަޔާތެއް ލިބިފައިވާ މީހަކަށް ނުވާނެ.⁠“


އޭނާގެ މިޖަވާބު އިވިވަޑައިގެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އެހެން ނަމަވެސް އަދި ކަލެއަށް ނުކުރެވި އޮތް އެއްކަމެއް އެބަ އޮތް. ކަލޭގެ އަތުގައި ވާނަމަ ވާހާ މުދަލެއް ވިއްކާލާ އެލާރި ފަގީރުންނަށް ދީ. އޭރުން ސުވަރުގޭގައި ކަލެއަށްޓަކައި ޚަޒާނާއެއް ވާނެ. ދެން އެއަށް ފަހު އަހަރެންނާއި އެކު ދާން އާދޭ.⁠“


އީސާގެފާނު އޭނާއަށް ބައްލަވާ ވިދާޅުވިއެވެ. ”⁠މުއްސަނދިންނަށް މާތްރަސްކަލާނގެ ރަސްކަންފުޅަކީ ކޮބައިކަން އެނގިހުރިމެ އެކަލާނގެ ޙަޟްރަތަށް އައުން ވަރަށް ދަތިކަމަކަށް ވޭ.


އެދުވަހު ޒައްކާޔުސް އެގޭގައި ވީ އެންމެންގެ ކުރިމަތީގައި މާތްސާހިބާއަށް ދެންނެވިއެވެ. ”⁠މާތްސާހިބާ! އަޅުގަނޑަށް ވާ ހުރިހާ މުދަލެއްގެ ދެބައިކުޅަ އެއްބައި މިރަށުގެ ހުރިހާ ފަގީރުންނަށް ހަމަ މިއަދު އަޅުގަނޑު ދޭނަން. އަދި އަޅުގަނޑު ހެދި މަކަރުތަކުގެ ސަބަބުން ގެއްލުމެއް ލިބުނު ކޮންމެ މީހަކަށް އެމީހެއްގެ އަތުން ނެގި ތަކެއްޗަށް ވުރެ ހަތަރު ގުނަ އިތުރަށް އެމީހަކަށް ދޭނަން.⁠“


ބަލައިގެން އުޅޭ. ނޫނީ ކަލޭމެންގެ ހިތްތައް ފާފަވެރި ދިރިއުޅުމެއްގެ ތެރެއަށް ވެއްޓިދާނެ. އޭރުން ރާބޮއިގެން އަމަލު ވުމާއި ދިރިއުޅުމުގެ އުނދަގޫތަކާއި ހާސްކަން ކުރިމަތި ވާނެ. ދެން ކަލޭމެން ހީވެސް ނުކޮށް ނުވިސްނާ ތިއްބާ އެދުވަސް އައިސް


ކަށިގަސްތަކުގެ ތެރެއަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑު އިވި ނަމަވެސް އެބައިމީހުންގެ އަމިއްލަ ކަންތައްތަކާއި މުދަލާއި ފައިސާއާއި އަދި ދުނިޔެވީ އެދުންތަކުގެ ސަބަބުން އެބައިމީހުންގެ ހިތުގައި މާތްރަސްކަލާނގެ ބަސްފުޅުތަކަށް ތަނެއް ނުދޭ ރޫޙާނީ ގޮތުން ފުރިހަމަޔަށް ބޮޑު ނުވާ މީހުންގެ މިސާލު.


ތިޔަބައިމީހުން ޔަޤީން ކުރާންވީ ޖިންސީ ފާފަވެރިކަމުގަ އާއި ނުތާހިރު ކަމުގައިވެ ނުވަތަ ދަހިވެތިކަމުގައިވާ އެއްވެސް ފަރާތަކަށް އަލްމަސީޙާއި އަދި މާތްރަސްކަލާނގެ ރަސްކަންފުޅު ލިބިނުގަނެވޭނެ ކަމެވެ. އެހެނީ ދަހިވެތި މީހާއަކީ ޙަޤީޤަތުގައި ދުނިޔަވީ ކަންތައްތައްތަކާއި މެދުގައި އަޅުކަންކުރާ މީހާ ކަމުގައި ވުމެވެ.


އެ ހުރިހާ އެއްޗަކީ ވެސް އަހަރެންގެ މާތްސާހިބާ އީސާ އަލްމަސީޙު ދެނެގަތުމުގައި ވާ މިންނުކުރެވޭ އަގާ އަޅާ ބަލާއިރު އެއްވެސް އަގެއް ނެތް ތަކެއްޗެވެ. އެކަލޭގެފާނަށްޓަކައި އަހަރެން އެ ހުރިހާ ތަކެއްޗެއް ގެއްލުވާލީމެވެ. އެ ހުރިހާ ތަކެއްޗަކީ ކުނިބުނި ކަމަށް ހިމެނީމެވެ. އެއީ އަހަރެން އަލްމަސީޙާއި އެކުގައިވުން ލިބިގަތުމަށެވެ.


އެހެންވީމާ، ތިޔަބައިމީހުންގެ ހަވާނަފްސުގެ އެދުންތައް މަރާ ލާށެވެ. ފާޙިޝް އަމަލުތަކާއި ނުތާހިރުކަންކަމާއި ޝަހުވަތުގެ ބޭނުންތަކާއި އަދި ހުރިހާ ބާވަތެއްގެ ނުބައިވެގެންވީ ހިތުގެ އެދުންތަކާއި ދަހިވެތިކަމާއި ދުރުހެލިވެ ތިބޭށެވެ. ދަހިވެތިކަމަކީ ބުދަށް އަޅުކަން ކުރުން ފަދަ ކަމެކެވެ.


ތިޔަބައިމީހުން ދުނިޔެއާއި ދުނިޔަވީ ކަންކަމަށް ލޯބި ނުކުރާށެވެ. އެއްވެސް މީހަކު ދުނިޔެމައްޗަށް ލޯބިކުރާ ކަމުގައިވާނަމަ، އޭނާގެ ކިބައިގައި ބައްޕާފުޅުގެ ލޯތްބެއް ނުވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ