Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 18:22 - ކިތާބުލް މުޤައްދަސާ

22 އޭނާގެ މިޖަވާބު އިވިވަޑައިގެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އެހެން ނަމަވެސް އަދި ކަލެއަށް ނުކުރެވި އޮތް އެއްކަމެއް އެބަ އޮތް. ކަލޭގެ އަތުގައި ވާނަމަ ވާހާ މުދަލެއް ވިއްކާލާ އެލާރި ފަގީރުންނަށް ދީ. އޭރުން ސުވަރުގޭގައި ކަލެއަށްޓަކައި ޚަޒާނާއެއް ވާނެ. ދެން އެއަށް ފަހު އަހަރެންނާއި އެކު ދާން އާދޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 18:22
16 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިބާ ފުރިހަމަ މީހަކަށް ވާން އެދޭނަމަ ގޮސް ތިބާގެ މިލްކުގައިވާ އެންމެހާ ތަކެތި ވިއްކާލާ. އަދި އެފައިސާ ފަގީރުންނަށް ހޭދަކުރޭ. މިފަދައިން ތިބާ އަމަލުކޮށްފިނަމަ، ތިބާއަށް ސުވަރުގޭގައި ޚަޒާނާއެއްވާނެ. އެއަށް ފަހު އަހަރެންނާއި އެކުގައި އާދޭ.⁠“


އެކަމަކު މުހިންމީ ހަމައެކަނި އެންމެކަމެއް. މަރިޔަމް އެކަން ކުރަން ނިންމީ ރަނގަޅަށް. އޭނާ އެ ގޮތަށް ކަން ކުރުން މަނައެއް ނުކުރެވޭނެ.⁠“


ކަލޭމެންގެ މުދާތައް ވިއްކާލާފައި އެ ލާރި ފަގީރުންނަށް ދީ. ކަލޭމެންނައްޓަކާ ބާވެ ހަލާކުވެގެން ނުދާ ފަދަ ފައިސާ ދަބަސްތައް ތައްޔާރު ކުރޭ. ކަލޭމެންގެ ޚަޒާނާތައް ސުވަރުގޭގައި ތައްޔާރު ކުރޭ. އެތާނގައި ވާ ޚަޒާނާއެއް ދުވަހަކު ވެސް ހުހެއް ނުވާނެ. އެއީ އެތާނގައި ވާ ޚަޒާނާއެއް ކޮނެގެންނެއް ނުނެގޭނެ. އަދި އެއްވެސް ވަގަކަށް ވެސް އެޚަޒާނާ އަކާއި ކައިރިއެއް ނުވެވޭނެ. އަދި އެއްވެސް ފަންޏަކަށް ވެސް އެޚަޒާނާއެއް ނުކެވޭނެ.


އަހަރެން ބުނަންތަ؟ ކަލޭމެން އެހެން މީހުންގެ ފައިދާއަށްޓަކައި އަދި ރައްޓެހިންނަށްޓަކައި ދުނިޔެވީ މުދަލުގެ ބޭނުން ކުރޭ. އޭރުން ކަލޭމެންގެ ދީލަތިކަމުގެ ސަބަބުން ސުވަރުގޭގައި ކަލޭމެންނަށް ދެމިހުރި މަންޒިލެއް ލިބޭނެ.


އޭނާ ބުންޏެވެ. ”⁠ތިޔަ ހުރިހާ ކަމެއް ކުޑައިރު އްސުރެ ފެށިގެން އަޅުގަނޑު ފަރުވާތެރިކަމާ އެކު ކުރަން.⁠“


މިހެން ވިދާޅުވި އަޑުއިވުމުން މިމީހާ ވަރަށް ދެރަވެއްޖެއެވެ. އެއީ މިމީހާއަކީ ވަރަށް ފައިސާވެރިއެކެވެ.


ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ކޮންމެ މީހަކު ވެސް އަހަރެން ދެއްކި މަގުން ހިނގަން ބޭނުން ނަމަ އެމީހާގެ އަމިއްލަ އެދުންތައް ދޫކޮށްލަން ޖެހޭނެ. އަހަރެން ދެއްކި މަގުން ހިނގަން ބޭނުން ނަމަ ކޮންމެ މީހަކުމެ އެމީހެއްގެ އަމިއްލަ ފުރާނަ ވެސް ދިނުމަށް ތައްޔާރުގައި ވާންޖެހޭނެ. އަދި އަހަރެން ފަދައިން ސަލީބެއްގައި އޮވެ މަރުވާން ޖެހުނު ކަމުގައި ވިޔަސް ކޮންމެ ދުވަހަކުމެ އެކަމަށް ތައްޔާރުގައި ވާންޖެހޭނެ.


އަޚުންނާއި އުޚުތުންނޭވެ! އަހަރެންދެކޭ ގޮތުގައި އަހަރެންގެ ލަނޑުދަނޑިއާއި ހަމައަކަށް އަދި ނުދެވެއެވެ. އެހެނަސް އަހަރެން އަބަދުވެސް ކުރާ އެއްކަމެއް ވެއެވެ. އެއީ މާޒީ ހަނދާން ނައްތާލުމަށް ފަހު މުސްތަގުބަލާ ދިމާއަށް ދެމިގަންނަން ކުރިމަތިލުމެވެ.


ރަޙުމަތްތެރިންނޭވެ. ތިޔަބައިމީހުން މިކަން ހަނދާން ނައްތައި ނުލާށެވެ. މާތްރަސްކަލާނގެ ދެކެވޮޑިގަންނަވާ ގޮތުގައި އެންމެ ދުވަހެއް އެއްހާސް އަހަރު ފަދައެވެ. އަދި އެއްހާސް އަހަރުގެ މުއްދަތް އެއްދުވަސް ފަދައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ