Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 18:19 - ކިތާބުލް މުޤައްދަސާ

19 އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭ އަހަރެންނާއި ދިމާލަށް މަތިވެރިއޭ ތިބުނީ ކީއްވެ؟ މާތްރަސްކަލާނގެ ފިޔަވާ އެހެން އެއްވެސް މަތިވެރި ފަރާތެއް އަދި މީހެއް ނޫވޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 18:19
10 ပူးပေါင်းရင်းမြစ်များ  

މަލާއިކަތާ ވިދާޅުވިއެވެ. ”⁠މަތިވެރި މާތްރަސްކަލާނގެ މާތްރޫޙުފުޅު ކަނބުލޭގެފާނުގެ އަރިހަށް ފޮނުއްވޭނެ. އެންމެމަތިވެރި ރަސްކަލާނގެ އަމުރުފުޅަށް އުފަންވާ މި މާތް ކަލޭގެފާނުގެ ލަޤަބުކަމުގައި ހިމެނޭނީ މާތްރަސްކަލާނގެ ދަރިކަލުން މިލަޤަބުފުޅު.


ކަލޭމެންނަކީ ނުބައި ބަޔަކު ކަމުގައި ވިޔަސް ކަލޭމެންގެ ދަރިންނަށް ރަނގަޅު ހަދިޔާ ދޭން ދަނޭ. ވީއިރު ކަލޭމެންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ކިބަފުޅުން އެދޭ މީހުންނަށް އެކަލާނގެ މާތްރޫޙުފުޅު އުފަލާއިއެކު ނުދެއްވާނެ ތަ؟⁠“


އެއްދުވަހަކު ދީނުގެ މަތީ ވެރިއަކު އީސާގެފާނު ކުރެން ސުވާލު ކުރެއްވިއެވެ. ”⁠މަތިވެރި އެދުރުކަލޭގެފާނު. އަޅުގަނޑު ނިމުންނުވާ ޙަޔާތް ލިބިގަތުމަށް ކުރަންވީ ކޮން ކަމެއްތޯ؟⁠“


މާތްރަސްކަލާނގެ ކުރެއްވި އަމުރުފުޅުތައް ކަލެއަށް ވެސް އެނގޭ ނު؟ ’⁠ޒިނޭ ނުކުރާށޭ. މީހުން ނުމަރާށޭ. ވައްކަން ނުކުރާށޭ. ދޮގު ހެކި ނުދޭށޭ. ކަލޭގެ މައިންބަފައިންނަށް ޤަދަރު ކުރާށޭ.⁠‘⁠“


އެއްވެސް ސުވާލެއް ނެތި އަހަރެމެންގެ އީމާންތެރިކަމުގެ ސިއްރަކީ މިއީ: އަލްމަސީޙު، އީސާގެފާނު ފުރިހަމަ އިންސާނެއްގެ ގޮތުގައި ފާޅުވެ ވަޑައިގެން މާތްރޫޙުފުޅުން އެކަލޭގެފާނުގެ މައުސޫމުކަން ދެއްކެވި ހިނދު މަލާއިކަތުންނަށް ފެނިވަޑައިގެންވިއެވެ. އަދި މި އުފާވެރި ޚަބަރު އެންމެހާ ވަންހަތަކަށް އިޢުލާން ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް ތަބާވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ޖަލާލަތާއެކު އުޑަށް އުފުއްލެވުނެވެ.


އީސާގެފާނަކީ އަހަރެމެންގެ ބޭނުން ފުއްދަވައި ދެއްވެވޭނެ އުއްތަމަ އިމާމެވެ. އެކަލޭގެފާނަކީ މުޤައްދަސް ބޭކަލެކެވެ. އެކަލޭގެފާނު ކުށެއް ފާފައެއް ނުކުރައްވައެވެ. އެކަލޭގެފާނަކީ ފާފަވެރިންގެ ކިބައިން އެއްކިބާ ކުރައްވައި އުޑަށް އުފުއްލެވުމުގެ އެންމެ މަތިވެރި ޝަރަފު ދެއްވާފައިވާ ކަލޭގެފާނެވެ.


ކޮންމެ ރަނގަޅު އަދި ފުރިހަމަ ހަދިޔާއެއް ލިބިދެނީ އުޑުގައި ވޮޑިގެންވެ ބަބުޅަމުން ދާ އެންމެހާ ތަކެތި ޚަލްޤު ކުރެއްވި ބައްޕާފުޅު މާތްރަސްކަލާނގެ ޙަޟްރަތުން ވެސް މެއެވެ. އުޑުގައިވާ އެ ތަކެތި އޭގެ ދައުރާނާ އަދާކުރަމުން ދާހިނދު އައްޔާއި ހިޔަންޏަށް ބަދަލު އަންނަމުން ދެއެވެ. އެފަދަ ތަކެތި ބަދަލުވެ ދިޔަސް މާތްރަސްކަލާނގެ ބަދަލުވުމެއްނެތި ދެމިވޮޑިގެންވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ