ލޫކާސް 18:16 - ކިތާބުލް މުޤައްދަސާ16 އެ ހިނދު އީސާގެފާނު ވިދާޅުވިއެވެ. ”ކުޑަ ކުދިން އަހަރެންގެ ކައިރިއަށް އަޔަ ދީ. އެމީހުންނަށް މަނާ ނުކުރޭ. މާތްރަސްކަލާނގެ ރަސްކަންފުޅު ލިބިގެން ވަނީ މިކުދިން ފަދަ މީހުންނަށް. အခန်းကိုကြည့်ပါ။ |
ބައެއް މީހުން އެބައިމީހުންގެ ޅަފަތު ކިރުބޯ ކުދިން އީސާގެފާނުގެ އަރިހަށް ގެނައެވެ. އެއީ އެކުދިންގެ ބޮލުގައި އެކަލޭގެފާނުގެ އަތްޕުޅު ބީއްސަވާ އެކުދިންނަށް ބަރަކާތްލެއްވުމަށް އެދިގެންނެވެ. ނަމަވެސް އީސާގެފާނުގެ އަސްޙާބީން އެމީހުން މިހެން ކަންތައް ކުރުމުން އެމީހުންނަށް ނުރުހުނެވެ. އަދި އެމީހުންގެ ކިބައިން އީސާގެފާނަށް އުނދަގޫ ނުކުރުމަށް އެދުނެވެ.