Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 18:15 - ކިތާބުލް މުޤައްދަސާ

15 ބައެއް މީހުން އެބައިމީހުންގެ ޅަފަތު ކިރުބޯ ކުދިން އީސާގެފާނުގެ އަރިހަށް ގެނައެވެ. އެއީ އެކުދިންގެ ބޮލުގައި އެކަލޭގެފާނުގެ އަތްޕުޅު ބީއްސަވާ އެކުދިންނަށް ބަރަކާތްލެއްވުމަށް އެދިގެންނެވެ. ނަމަވެސް އީސާގެފާނުގެ އަސްޙާބީން އެމީހުން މިހެން ކަންތައް ކުރުމުން އެމީހުންނަށް ނުރުހުނެވެ. އަދި އެމީހުންގެ ކިބައިން އީސާގެފާނަށް އުނދަގޫ ނުކުރުމަށް އެދުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 18:15
7 ပူးပေါင်းရင်းမြစ်များ  

އެ ހިނދު އީސާގެފާނު ވިދާޅުވިއެވެ. ”⁠ކުޑަ ކުދިން އަހަރެންގެ ކައިރިއަށް އަޔަ ދީ. އެމީހުންނަށް މަނާ ނުކުރޭ. މާތްރަސްކަލާނގެ ރަސްކަންފުޅު ލިބިގެން ވަނީ މިކުދިން ފަދަ މީހުންނަށް.


މިކަންތަކާ މެދު އަސްޙާބީން ކަމުގައިވާ ޔޫޙަންނާ އާއި ޔާމިޒު ބުންޏެވެ. ”⁠މާތްސާހިބާ! އަޅުގަނޑުމެން މިމީހުން ނެތިކޮށްލުމަށް އުޑުން އަލިފާން ފޮނުއްވުމަށް އެދެން ތޯ؟⁠“


ދަރިފުޅު ކިރުތުނބުން ވީއްލި ކައިބޮއި ހަދާ އުމުރަށް އެޅުމުން އެ ދަރިފުޅު ގޮވައިގެން ޙައްނާ އާއި އަލްޤާނާ، މާތްރަސްކަލާނގެ ގެކޮޅަށް ޒިޔާރަތް ކުރުމަށް ޝީލޫހަށް ދަތުރުކުރިއެވެ. އެމީހުންނާ އެކު ތިން އަހަރުގެ ފިރިހެން ގެރިއަކާއި ނުވަ ކިލޯ ގޮދަން ފުށާއި ހަމެއްގައި ހުރި މޭބިސްކަދުރުދިޔަ ގެންދިޔައެވެ.


އެގެރި ކަތިލައި ޤުރުބާނީ ކުރުމަށް ފަހު ޞަމޫއީލް ގޮވައިގެން އެމީހުން ޢާލީ ގާތަށް އަތުވެއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ