Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 18:14 - ކިތާބުލް މުޤައްދަސާ

14 އީސާގެފާނު ވިދާޅުވިއެވެ. ”⁠މި ދެމީހުން ދުޢާކޮށް ނިމިގެން ގެއަށް ދިޔައިރު މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެން ވަނީ މި ޓެކްސް ނަގާ މީހާއަށް. ދީންވެރިޔާއަކަށް ނޫން. އެއީ ތިމާ ކުރާ ރަނގަޅު ކަންތަކުގެ މައްޗަށް ބޮޑާވެ އަދި އެކަންތައްތަކުގެ ސަބަބުން ތިމާއަކީ އެހެން މީހުންނަށް ވުރެ ރަނގަޅު މީހަކު ކަމުގައި ދެކޭ މީހުންގެ ހިތް މާތްރަސްކަލާނގެ ތިރި ކުރައްވާނެ. އަދި އަމިއްލަ ނަފުސަށާއި ކުރާ ކަންތަކުގެ މައްޗަށް ބޮޑާ ނުވެ ތިމާއަކީ އެހެން މީހުންނަށް ވުރެ ރަނގަޅު މީހަކު ކަމުގައި ނުދެކޭ މީހުން މާތްރަސްކަލާނގެ މަތި ކުރައްވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 18:14
39 ပူးပေါင်းရင်းမြစ်များ  

މިހާރު އަހަންނަށް އެނގިއްޖެ މާތްރަސްކަލާނގެއަކީ ހުރިހާ އިލާހުންނަށް ވުރެން މަތިވެރި ކަލާނގެއެއް ކަން. އެހެނީ މިޞްރުގެ އެ ގަދަފަދަ ބޮޑާ އަނިޔާވެރި މީހުންގެ އަތްދަށުން އެކަލާނގެ އެމީހުންތައް ސަލާމަތް ކޮށްދެއްވައިފި.⁠“


މާތްރަސްކަލާނގެއަށް ބިރުވެތިވުމުން ޙިކުމަތްތެރިޔަކަށް ވެވެއެވެ. ހިތްތިރި ކުރުމުން ޝަރަފު ލިބިގަނެވެއެވެ.


ބޮޑާކަން އެއީ މީހާގެ ހަލާކެވެ. ހިތްތިރިކަން އެއީ މީހާގެ ޝަރަފެވެ.


ޖާފަތަށް ގޮވަންދެން އިންތިޒާރު ކުރުން އެންމެންގެ ކުރިމަތީގައި ލަދުގައި ބެދުމަށް ވުރެން ރަނގަޅެވެ. ތިމާއަށް ކަށަވަރުވަންދެން ހުންނާށެވެ.


ބޮޑާކަމުން ގެނެސްދޭނީ ފަޟީހަތެވެ. ހިތްތިރި ކަމުން ގެނެސްދޭނީ ޝަރަފެވެ.


މާތްކަލާނގެއަށް މަލާމާތް ކުރާ މީހުންނަށް އެކަލާނގެ ވެސް މަލާމާތް ކުރައްވައެވެ. އެކަމަކު ހިތްތިރި މީހުންނަށް ހެޔޮގޮތް މިންވަރު ކުރައްވައެވެ.


ތިޔަބައިމީހުންގެ ތެރެއިން ކިބުރުވެރިކަމުގައިވާ މީހާ ހިތްތިރިކުރައްވާނެ. އަދި ތިމާގެ ހިތްތިރިކޮށްގެން އުޅޭ މީހާ މަތިވެރިކުރައްވާނެ.⁠“


”⁠މާތްރަސްކަލާނގެ ބަރަކާތް ހުރީ ރޫޙާނީ ގޮތުން ފަގީރު މީހުންނަށް. އެހެނީ އެފަދަ މީހުން އެކަލާނގެ ރަސްކަންފުޅުގައި ހިމެނިގެންދާނެ.


ރަސްރަސްކަލުން ތަޚުތުކޮޅުތަކުން ބާލުއްވާ، އާދައިގެ ނިކަމެތިން އެކަލާނގެ އިއްޒަތްތެރިކުރައްވާނެ.


ނަމަވެސް މި ދީނުގެ ދަންނަބޭކަލާ މި ވަރަކުން ހުއްޓައެއް ނުލިއެވެ. އޭނާ މީސްތަކުންގެ ކުރިމަތީގައި އޭނާގެ މޮޅުކަން ދައްކާންވެގެން އެކަލޭގެފާނު ކުރެން އަނެއްކާ އެހެން ސުވާލެއް ކުރިއެވެ. ”⁠ނަމަވެސް އަޅުގަނޑުގެ އަވަށްޓެރިންނޭ މިބުނެވޭ ބަހުގެ މާނައަކީ ކޮބައި ތޯ؟⁠“


އެއީ ހިތުގައި އަމިއްލަ ނަފްސުގެ މައްޗަށް ކިބުރުވެރިކަން ވާ ކޮންމެ މީހަކު ދަށްކުރެވޭނެ. އަދި ހިތުގައި ކިބުރުވެރިކަން ނުވާ ކޮންމެ މީހަކު މަތި ކުރެއްވޭނެ.⁠“


ދެން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔައީ މީހުންގެ ކުރިމަތީގައި ކަލޭމެންގެ ހުރިހާ އަމަލުތަކަކީ ވެސް ރަނގަޅު އަމަލުތަކެއް ކަމުގައި ހަދާ ބަޔެއް. ނަމަވެސް މާތްރަސްކަލާނގެ ކަލޭމެންގެ ހިތްތައް ދެކެ ދެނެ ވޮޑިގެން ވޭ. އިންސާނުންގެ ކުރިމަތީގައި މަތީ އަގުހުންނަ ކަންތައްތަކަކީ މާތްރަސްކަލާނގެ ކުރިފުޅުމަތީ ތާކުންތާކު ނުޖެހޭ ހުތުރު ކަންތައްތައް.⁠“


އެއީ މާތްރަސްކަލާނގެ ޙަޟްރަތުގައި ހިތްތިރިވެގެންވާނަމަ އެކަލާނގެ ކަލޭމެން އުފުއްލަވާނެއެވެ.


ނުބައި އެދުންތަކާއި ދެކޮޅަށް ސާބިތުވެ ހުރުމުގައި އެކަލާނގެ ގިނަގުނަ ނިޢުމަތްފުޅު ލައްވައެވެ. ސާބިތުވެ ހުރުމުން މުޤައްދަސް ފަތްފުށްތައް މިފަދައިން ބަޔާން ކޮށްދެއްވާފައި ވަނީ އެހެންވެއެވެ. ”⁠ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ. އެހެނަސް ހިތްތިރި ހުރިހާ އެންމެންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.⁠“


”⁠މި ޚާދިމާ އާއި މެދު ތިޔަ ސާހިބު ރުހިގެން ވާހުށި.⁠“ މިހެން ބުނެފައި އޭނާ އެތަނުން ގޮސް ކާއެއްޗެއް ކައިފިއެވެ. އޭރު އޭނާގެ މޫނުމަތީގައިވާ މޮޅިވެރިކަން ވަނީ ފިލާފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ