ލޫކާސް 18:13 - ކިތާބުލް މުޤައްދަސާ13 މި ޓެކްސް ނަގާ މީހާ ވެސް ދުޢާކުރި. ނަމަވެސް އޭނާ އެއްކައިރިއެއްގައި އިސް އުފުލާލަން ވެސް ނުކެރި ހުރެ ވަރަށް އަސަރާއިއެކު ދުޢާކުރި. ’މާތްރަސްކަލާކޯއޭ. އިނބަރަސްކަލާނގެ މިފާފަވެރިޔާގެ މައްޗަށް ރަޙުމް ކުރައްވާފާނދޭ.‘“ အခန်းကိုကြည့်ပါ။ |
”ތިޔަބައިމީހުން ދުޢާ ދަންނަވާ ހިނދު މުނާފިޤުން ފަދައިން ނުވޭ. އެބައިމީހުން ލޯބިކުރާނީ ދީނީ މަރުކަޒުތަކުގައްޔާއި އަދި މަގުމަތީގައި ވާ ހަތަރު އަނގޮޅިތަކުގެ ކަން މަތީގައި ކޮއްޅަށް ތިބެ ދުޢާ ކުރަން. އެބައިމީހުން މިފަދައިން އަމަލު ކުރަނީ ބޭރުފުށުން އެބައިމީހުންގެ އަމަލުތަކަކީ ރަނގަޅު އަމަލުތަކެއް ކަމުގައި ދެއްކުމަށް. އެފަދަ މުނާފިޤުންނަށް ލިބިގެންވާނީ ހަމައެކަނި އިންސާނީ ހުޝާމަދު ކުރުންކަމުގައި އަހަރެން ޔަޤީންކަމާއެކުގައި ބުނަން.
އަދި އެހިސާބުގައި ވާ ރަށަކަށް ވަޑައިގަންނަ ވަނިކޮށް އެރަށުގެ ބޭރުން ޖުޒާމުބަލި ޖެހިފައިވާ ދިހަ މީހަކު އެކަލޭގެފާނާއި ދިމާވިއެވެ. އެބައިމީހުންގެ ބަލީގެ ނުބައި ކަމުންނާއި ތާހިރު ވެފައި ނުވުމުން ކައިރިވާން ނުކެރި، ދުރުގައި ތިބެ އެމީހުން ބާރަށް ގޮވަން ފެށިއެވެ. ”އީސާގެފާނު ސާހިބާ. އަޅުގަނޑުމެންގެ މައްޗަށް ރަޙުމް ކުރައްވާ.“