ލޫކާސް 18:11 - ކިތާބުލް މުޤައްދަސާ11 މިދީންވެރިޔާ ކުރިއަށް ގޮސް އެންމެންނާ ވަކިން ހުރެ އޭނާ ކުރާ ރަނގަޅު ކަންތަކާއި ބެހޭގޮތުން ދުޢާކުރަން ފެށި. ’މާތްރަސްކަލާކޯއޭ. މިއަޅާއަކީ އެހެން މީހުން ކަހަލަ މީހަކަށް ނުވީތީ ޝުކުރު ވެރިވަމޭ. އެއީ މިއަޅާއަކީ ވައްކަން ކުރާ މީހަކީމެއް ނޫނޭ. ނުބައި ކަންތައްތައްކޮށް އުޅޭ މީހަކީމެއް ނޫނޭ. ހިލޭ އަންހެނަކާއެކު ގުޅުމެއް ހިންގާ މީހެއް ވެސް ނޫނޭ. އަދި އެހެރަ ޓެކްސް ނަގާ މީހާ ކަހަލަ މީހަކީމެއް ވެސް ނޫނޭ. အခန်းကိုကြည့်ပါ။ |
”ތިޔަބައިމީހުން ދުޢާ ދަންނަވާ ހިނދު މުނާފިޤުން ފަދައިން ނުވޭ. އެބައިމީހުން ލޯބިކުރާނީ ދީނީ މަރުކަޒުތަކުގައްޔާއި އަދި މަގުމަތީގައި ވާ ހަތަރު އަނގޮޅިތަކުގެ ކަން މަތީގައި ކޮއްޅަށް ތިބެ ދުޢާ ކުރަން. އެބައިމީހުން މިފަދައިން އަމަލު ކުރަނީ ބޭރުފުށުން އެބައިމީހުންގެ އަމަލުތަކަކީ ރަނގަޅު އަމަލުތަކެއް ކަމުގައި ދެއްކުމަށް. އެފަދަ މުނާފިޤުންނަށް ލިބިގެންވާނީ ހަމައެކަނި އިންސާނީ ހުޝާމަދު ކުރުންކަމުގައި އަހަރެން ޔަޤީންކަމާއެކުގައި ބުނަން.
ނަމަވެސް ރަނގަޅު މީހަކަށްވެ، އަދި މާތްރަސްކަލާނގެ ރަޙުމަތްފުޅު ހޯދުމަށްޓަކައި އަމުރުފުޅުތަކާއި ގަވާއިދުތަކެއްގެ މައްޗަށް ކަންތައްކުރާ މީހަކަށް މާތްރަސްކަލާނގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ. އެއީ ލިޔެވިގެން ވަނީ މިފަދައިންނެވެ. ”ލިޔެވިގެންވަންޏާ ވާހައި ގަވާއިދަކަށް ކިޔަމަންނުވެވޭ ކޮންމެ މީހަކަށް މާތްރަސްކަލާނގެ ވަނީ ލަޢުނަތް ލައްވާފައެވެ.“
ތިޔަބައިމީހުން ބުނޭ. ’އަހަރެމެންނީ މުއްސަނދި އަދި ތަނަވަސްވާނޭ ބައެއް. އަހަރެމެންނަކަށް އެއްވެސް ކަމަކަށް ބޭނުމެއް ނުވޭ.‘ ނަމަވެސް ތިޔަބައިމީހުންނަށް ހުރި ހިތްދަތިކަމާއި، ނިކަމެތިކަމެތިކަމާއި، ފަގީރުކަމާއި، ލޯކަނުކަމާއި އަދި ތިޔަބައިމީހުން ތިބި ބަރަހަނާ މިންވަރު ތިޔަބައިމީހުންނަށް އެނގިގެން ނުވޭމެ.