ލޫކާސް 18:1 - ކިތާބުލް މުޤައްދަސާ1 ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މާނަފުން ވާހަކައެއް ވިދާޅުވެ ދެއްވިއެވެ. އެއީ އެމީހުންނަށް ހިތްވަރު ދެރަ ނުކޮށް އަބަދުވެސް ދުޢާކުރަން ޖެހޭނެ ކަން އަންގައި ދެއްވުމަށެވެ. အခန်းကိုကြည့်ပါ။ |
ތިޔަ ސަހަރުގެ އަހުލުވެރިއެއް ކަމުގައިވާ އެފަފުރާސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އޭނާއަކީ ވެސް އީސާ އަލްމަސީޙުގެ ޚާދިމެކެވެ. އޭނާ އަބަދުވެސް ވަރަށް ޖޯޝާއެކު ތިޔަބައިމީހުންނަށްޓަކައި ދުޢާކުރެއެވެ. ރޫޙާނީގޮތުން ކުރިއަރަމުން ދިއުމަށް އެދިއާއި އަދި ތިޔަބައިމީހުންނަށް ހިތްވަރާއި ކުރިއެރުމާއި ފުރިހަމަކަން އެކަލާނގެ އެދިވޮޑިގަންނަވާނެ ފަދަޔަކުން ދެއްވުން އެދި އޭނާ ދުޢާ ކުރެއެވެ.