Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 17:8 - ކިތާބުލް މުޤައްދަސާ

8 އެހެންނެއް ނުވާނެ. އޭގެބަދަލުގައި އެނޯކަރަށް ކަލޭ ބުނާނީ ’⁠ރޭގަނޑުގެ ކެއުން ތައްޔާރު ކުރާށޭ. އަދި ފެންވަރައިގެން އައިސް އަހަރެން ކައި ނިމެންދެން މަޑުކުރާށޭ. އޭގެ ފަހުން ދެން ކަލޭ ކާށޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 17:8
6 ပူးပေါင်းရင်းမြစ်များ  

އެބައިމީހުންނާއި އެކުގައި ބަންޔާމީން ހުރި ތަން ޔޫސުފުގެފާނަށް ފެނިވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ގަނޑުވެރުގެ އެންމެ އިސް ޚާދިމަށް މިފަދައިން ވިދާޅުވިއެވެ. ”⁠އެބައިމީހުން އަހަރެންގެ ގަނޑުވަރަށް ގެންދޭ. ރަނގަޅު ޖަނަވާރެއް ކަތިލައި ޖާފަތެއް ތައްޔާރުކުރޭ. އަދި މިއަދުގެ މެންދުރުގެ ޖާފަތް އެބައިމީހުން ކުރާނީ އަހަރެންނާއި އެކުގައި.⁠“


ދެން ދާއޫދުގެފާނު ބިންމަތިން ތެދުވެވަޑައިގެން ނާނަފުޅުފިއްލަވައި، ގައިކޮޅުގައި ތެޔޮފޮދު ތުރުކުރައްވައި ހެދުންކޮޅު ބަދަލު ކުރައްވައިގެން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއްވުމަށް އަޅުކަމުގެ މަޤާމަށް ވެދެވަޑައިގެންފިއެވެ. އެކަންތަކަށް ފަހު ގެޔަށް އެނބުރި ވަޑައިގެން ފަރިއްކޮޅު ތައްޔާރު ކުރުމަށް ވިދާޅުވުމުން ޚާދިމުން ފަރިއްކޮޅު އަރުވައިފިއެވެ. ދެން އެކަލޭގެފާނު ރަނގަޅަށް ފަރީއްކުޅުއްވައިފިއެވެ.


އޭނާގެ ވެރިމީހާ އަންނައިރު ތައްޔާރަށް ތިބި ނޯކަރުންނަށް އެކަމުން ފައިދާވާނެ. އަހަރެން ބުނަންތަ؟ އޭރުން އެމީހުންގެ ވެރިމީހާ އުފަލުން އެމީހުން މޭޒު ދޮށަށް ގެނެސް އެމީހުންނަށް ކާން ހަދައިދޭނެ.


މިސާލަކަށް ކަލޭމެންގެ ތެރެއިން މީހެއްގެ ނޯކަރަކު ބިންގަނޑު ޖަހާ ނުވަތަ ކަންބަޅި ބަކަރިތައް ބަލަހައްޓާ ނިމިގެން ގެއަށް އައުމުން ކަލޭމެން އެނޯކަރަށް ބުނާނެ ތަ؟ ’⁠އަވަހަށް އަންނާށޭ. ކާން އިށީންނާށޭ.⁠‘


ކަލޭ ނޯކަރު މީހާ ކައިރީ ކުރަން ބުނި ކަންތައް އޭނާ ކުރުމުން ކަލޭ އޭނާއަށް ޝުކުރު އަދާކުރަން ޖެހޭނެތަ؟


އީސާގެފާނު ފަރީއްކުޅުއްވުމުގެ ތެރޭގައި ތެދުވެ ވަޑައިގެން އެކަލޭގެފާނު ރިދާކޮޅު ބާލުއްވައި އެތާ އޮތް ތުވާއްޔެއް ނަންގަވައި އުނަގަނޑުގައި ބަނދެލެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ