31 އެދުވަހު ގެއިން ބޭރުގައި ވީ މީހަކު އޭނާގެ ގެއަށް މުދާތައް ބަލާ ގޮސްގެން ނުވާނެ. އަދި ގޮވާން ހެއްދުމަށް ދަނޑަށް ގޮސް ވީ މީހަކު ވެސް އެއްވެސް އެއްޗެއް ބަލާ އެނބުރި ގޮސްގެން ނުވާނެ.
މީހަކަށް އެމީހާގެ ފުރާނަ ގެއްލިފައިވީނަމަ މުޅި ދުނިޔެ ލިބުނު ކަމުގައި ވިޔަސް އެމީހަކަށް އޮތީ ކޮން ފައިދާއެއް؟ އެމީހަކު އަނބުރާ އެ ފުރާނަ ގަތުމަށް ދެވޭނެ އަގަކީ ކޮބާ؟
”އެހެންކަމުން، ތިޔަބައިމީހުންނަށް އަހަރެން ބުނަން. ދިރިހުރުމަށް ޓަކައި ބޭނުންވާނޭ ކެއުން ބުއިމާއި މެދު ކަންބޮޑުނުވޭ. ނޫނީ ހަށިގަނޑަށް ބޭނުންވާނޭ ފޭރާމާއި މެދު ވެސް ކަންބޮޑުނުވޭ. ކާނާއަށް ވުރެން ޙަޔާތުގެ މުހިންމުކަން ބޮޑު. އަދި ފޭރާމަށް ވުރެން ހަށިގަނޑުގެ މުހިންމުކަން ބޮޑު.
އެދުވަހުން ޖުދެއާ ކަރައިގައި ތިބި މީހުން ފުރާނަ ސަލާމަތް ކުރުމަށްޓަކައި ފަރުބަދަ މައްޗަށް ދުވެ ދާނެ. ޖެރޫސަލަމުގެ ތެރޭގައި ވާ މީހުން އެރަށުން ބޭރަށް ދުވެ ދާނެ. އެރަށުގެ ބޭރުގައި ތިބި މީހުން އެރަށުގެ ތެރެއަކަށް ނުވަންނާނެ.