3 ވީމާ ކަލޭމެން ވަރަށް ބަލައިގެން އުޅޭތި. ކަލޭގެ އަޚާ ފާފަ ކޮށްފި ނަމަ އޭނާއަށް ނުރުހުން ފާޅުކުރާތި. އަދި އޭނާ ތައުބާ ވެއްޖެ ނަމަ އޭނާއަށް މަޢާފު ކުރާތި.
ކަލޭމެން ތިޔަ ދާ ޤައުމުތަކުގެ މީހުންނާއެކު ސުލްޙައިގެ އެއްވެސް އެއްބަސްވުމެއް ނުބާއްވަން ހަނދާން ކުރާތި. އެ ގޮތަށް ހަދައިފިނަމަ ކަލޭމެން ވެސް އެމީހުންގެ ގޮތަށް ތަބާވެ ދަންތުރައެއްގައި ޖެހި އެމަގަށް އެނބުރިދާނެ.
އިސްލާހު ކުރުމަށް ވިސްނުންތެރިޔެއްގެ ގާތު މީހަކު ބުނެލާ އެންމެ ބަހެއް ވެސް، މޮޔައެއްގެ ގައިގައި އެއްތެލަކުން ސަތޭކަ އެތިފަހަރު ޖެހުމަށް ވުރެން ފައިދާ ކުރެއެވެ.
ހަރުއަޑުން އަޑުލުން، ފާޅު ނުކުރާ ލޯތްބަކަށް ވުރެން ރަނގަޅެވެ.
ފޮނިކަނޑާ މީހަކު އިސްލާހު ކުރަން އުޅެފިއްޔާ އޭނާ ކަލޭ ދެކެ ކުރާނީ ނަފުރަތެވެ. ބުއްދިވެރި މީހާ ކަލޭދެކެވާނީ ލޯތްބެވެ.
އެ ވަގުތު ޕަތަރަސް އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”މާތްސާހިބާ، އަޅުގަނޑުގެ އަޚާ އަޅުގަނޑާމެދު ފާފަވެރިވެއްޖެނަމަ، އެ އަޚާއަށް އަޅުގަނޑު މަޢާފް ކުރަންވީ ކިތައް ފަހަރުތޯ؟ އަޅުގަނޑު ހަތްފަހަރު ވެސް މަޢާފު ކުރަންވީ ތޯ؟“
ބަލައިގެން އުޅޭ. ނޫނީ ކަލޭމެންގެ ހިތްތައް ފާފަވެރި ދިރިއުޅުމެއްގެ ތެރެއަށް ވެއްޓިދާނެ. އޭރުން ރާބޮއިގެން އަމަލު ވުމާއި ދިރިއުޅުމުގެ އުނދަގޫތަކާއި ހާސްކަން ކުރިމަތި ވާނެ. ދެން ކަލޭމެން ހީވެސް ނުކޮށް ނުވިސްނާ ތިއްބާ އެދުވަސް އައިސް
އެހެންވީމާ، މޮޔައިން ފަދައިން ޙަޔާތުގައި އަމަލު ނުކޮށް ހެޔޮ ވިސްނޭ މީހުން ފަދައިން އަމަލު ކުރާށެވެ.
އެކަކު ވެސް މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅަށް ފުރަގަސް ދިނަ ނުދޭށެވެ. އަދި އަނެކާއަކީ ހިތި ވިހަގަހެއް ފަދައިން ހެދިބޮޑުވެ އެހެން މީހުންނަށް ވިހަލާ މީހަކަށް ވިޔަ ނުދޭށެވެ.
އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ! ކަލޭމެންގެ ތެރެއިން މީހަކު މަގުފުރެދިގެން ވާނަމަ އެފަދަ މީހަކު ޙައްޤުގެ މަގަށް އެނބުރި ގެނައުމުގައި ކޮންމެވެސް މީހަކު އެހީތެރިވެދޭށެވެ.
ވީމާ، އަހަރެމެން މިކުރި ބުރަ މަސައްކަތުން ތިޔަބައިމީހުންނަށް ލިބިދެނިވި ހެޔޮ ޖަޒާ ގެއްލި ނުދާނޭކަން ޔަޤީނެވެ. ސަމާލުވެ ތިބޭށެވެ. އޭރުން ތިޔަބައިމީހުންނަށް ފުރިހަމަ ގޮތުގައި ހެޔޮ ޖަޒާ ލިބޭނެއެވެ.