ލޫކާސް 17:21 - ކިތާބުލް މުޤައްދަސާ21 މާތްރަސްކަލާނގެ ރަސްކަންފުޅު ގާއިމުވެގެން ވާތަން އެއްވެސް މީހަކަށް އެއީއޭ ނޫނީ މިއީއޭ ކިޔާފަ ނުދެއްކޭނެ. އެއީ އެކަލާނގެ ރަސްކަންފުޅު ގާއިމުވެގެން ވަނީ ކަލޭމެންގެ މެދުގަ.“ အခန်းကိုကြည့်ပါ။ |
އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. ”ފަރުވާވެ ވިސްނައިގެން ތިބޭ. މީހަކު ބުނާހާ ބަހަކަށް ނުހެއްލޭތި. އެއީ އަހަރެންގެ ނަމުގައި އެތައް ބަޔަކު ވެސްއަންނާނެ. އެމީހުން ބުނާނެ. ’ފަހު ޒަމާނުގެ ވަގުތު ކައިރިވެއްޖޭ. ތިމަން މިއީ މާތްރަސްކަލާނގެ ފޮނުއްވުމަށް ކަނޑައަޅުއްވާފައިވާ އަލްމަސީޙުއޭ.‘ ކަލޭމެން އެފަދަ މީހުން ދައްކާ މަގުން ނުދާތި.
މާތްކަލާނގެ އެ މީހުންނަށް މި ފާޅު ކުރައްވަނީ ހައްދެއް ނެތްފަދަ އިއްޒަތްތެރި އަދި ސިއްރެކެވެ. މި ސިއްރަކީ ބަނީއިސްރާއީލުން ނޫން މީހުންގެ ކިބައިގައި ވެސް އަލްމަސީޙު ވާނެ ކަމުގެ ވާހަކައެވެ. އެހެންކަމުން އެކަލޭގެފާނުގެ ޖަލާލަތުކަން އައުމުން ތިޔަބައިމީހުންނާ ވެސް އެ ޖަލާލަތުކަން ޙިއްސާވެގެން ދާނެ ކަމުގެ މަތިވެރި އުންމީދު ތިޔަބައިމީހުންނަށް ލިއްބައިދޭނެ ކަމުގެ ޔަޤީންކަމެވެ.