ލޫކާސް 17:20 - ކިތާބުލް މުޤައްދަސާ20 ފަރީސީނުގެ ބަޔަކު އީސާގެފާނު ކުރެން މާތްރަސްކަލާނގެ ރަސްކަންފުޅު ގާއިމު ވާނީ ކޮންއިރަކުންތޯ ސުވާލު ކުރިއެވެ. އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ ރަސްކަންފުޅު ގާއިމުވާނެ. ނަމަވެސް އެރަސްކަންފުޅު ގާއިމު ވުމުގެ ހެއްކެގެ ގޮތުން އެއްވެސް އަލާމާތެއް ނުފެންނާނެ. အခန်းကိုကြည့်ပါ။ |
”މޫސާގެފާނު އެންގެވި ދީނީ ގަވާއިދުތަކާ އަދި ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް ފޮނުއްވުނު މާތްރަސްކަލާނގެ ބަސްފުޅުތައް ފާޅުކުރެވުނީ ޔަޙުޔާގެފާނާއި ޖެހެންދެން. ޔަޙުޔާގެފާނަށް ފަހު މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ހެޔޮޚަބަރުފުޅު އެ ވަޙީ ކުރެއްވިފައި ވީ ފަދައިން ފެތުރެމުން ދޭ. އެތައް ބަޔަކު ވެސް އެކަލާނގެ ރަސްކަންފުޅާއި ބެހޭ މިޚަބަރުތައް ޖޯޝާ އެކު ކަނުލާ ފަރުވާތެރިވެ އަޑުއަހަމުން އެބަގެންދޭ.
މީސްތަކުން އެކަލޭގެފާނުގެ މިބަސްފުޅުތައް އަޑުއަހަމުން ގެންދިޔަ ވަގުތު އެކަލޭގެފާނު އެމީހުންނަށް މާނަފުން ވާހަކައެއް ވެސް ވިދާޅުވެ ދެއްވިއެވެ. އެއީ އެކަލޭގެފާނު އޭރު ވަނީ ޖެރޫސަލަމާއި ވަރަށް ކައިރިވެފައެވެ. އަދި މީސްތަކުން ހީކުރަމުން ދިޔައީ މާތްރަސްކަލާނގެ ރަސްކަންފުޅު ފާޅުވުމުގެ ވަގުތު ޖެހިއްޖެ ކަމުގައެވެ.