Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 17:14 - ކިތާބުލް މުޤައްދަސާ

14 އީސާގެފާނު މިބައިމީހުން ދެކެވަޑައިގެން ވިދާޅުވިއެވެ. ”⁠ކަލޭމެންގެ ހަށިގަނޑު އިމާމުންނަށް ދައްކަން ދޭ.⁠“ މިބައިމީހުން އިމާމުންގެ ގާތަށް ދާން ދިޔަ މަގުމަތީ މިބައިމީހުންގެ ބަލި ފަސޭހަވެ ސާފުތާހިރު ވެއްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 17:14
11 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠މި ހިނދު މި ގޮތަށް އަމަލު ކުރައްވަމާ ހިންގަވާ. އަހަރެމެން އެންމެހާ ކަންތައްތައް ކޮށް އުޅެނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން.⁠“ ދެން އީސާގެފާނު ތައުބާގެ ހިނެވުމުން ހިނައިދެއްވުމަށް ޔަޙުޔާގެފާނު އެއްބަސްވެ ވަޑައިގެންނެވިއެވެ.


ދެން އީސާގެފާނު އޭނާއަށް އަމުރުފުޅު ކުރެއްވިއެވެ. ”⁠ކަލޭގެ ހަށިގަނޑު އިމާމަކަށް ދައްކާ. އަދި ޖުޒާމުބަލި ޖެހިފައި ފަސޭހަވެއްޖެ މީހަކު ސާފުތާހިރުވުމުގެ ގޮތުން ކުރުމަށް ތައުރާތުގައި މޫސާގެފާނު އަމުރުފުޅު ކުރެއްވި ޤުރުބާންތައް ކުރޭ. އެއީ ކަލޭ ތިޔަބަލިން ފަސޭހަވެ ސާފުވެތާހިރުވީ ކަން އެންމެންނަށް ހާމަކޮށް ދިނުމުގެ ހެއްކެއްގެ ގޮތުން. ނަމަވެސް އަހަރެން ކަލޭގެ ބަލި ފަސޭހަ ކޮށްދިން ވާހަކަ އެއްވެސް މީހެއް ގާތު ބުނެގެންނުވާނެ.⁠“


ނަމަވެސް ރޭގަނޑުގެ އަނދިރިކަމުގައި ހިނގައި ދަތުރުކޮށް ދާ މީހަކު އެއްޗެއްގައި އަޅައިގެންފައި ވެއްޓިދާނެ. އެއީ އެމީހަކާއި އެކު އަލިކަން ނުވާތީ.⁠“


ނަމަވެސް އީސާގެފާނުގެ މަންމާފުޅު އެގޭގެ ނޯކަރުންނަށް ވިދާޅުވިއެވެ. ”⁠އޭނާ އަންގާ ގޮތަކަށް ކަލޭމެން ކަންތައް ކުރޭ.⁠“


އީސާގެފާނު އެމީހާއަށް ވިދާޅުވިއެވެ. ”⁠ސިލުވާމު (މިބަހުގެ މާނައަކީ ފޮނުވި) އޭކިޔުނު ވެވަށް ގޮސް އެވެވުން ލޯ ދޮވެލާ.⁠“ އެމީހާ އެވެވަށް ގޮސް ލޯ ދޮވެގެން އައި އިރު އޭނާގެ ލޮލަށް ވަނީ އަލިވެފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ