ލޫކާސް 17:12 - ކިތާބުލް މުޤައްދަސާ12-13 އަދި އެހިސާބުގައި ވާ ރަށަކަށް ވަޑައިގަންނަ ވަނިކޮށް އެރަށުގެ ބޭރުން ޖުޒާމުބަލި ޖެހިފައިވާ ދިހަ މީހަކު އެކަލޭގެފާނާއި ދިމާވިއެވެ. އެބައިމީހުންގެ ބަލީގެ ނުބައި ކަމުންނާއި ތާހިރު ވެފައި ނުވުމުން ކައިރިވާން ނުކެރި، ދުރުގައި ތިބެ އެމީހުން ބާރަށް ގޮވަން ފެށިއެވެ. ”އީސާގެފާނު ސާހިބާ. އަޅުގަނޑުމެންގެ މައްޗަށް ރަޙުމް ކުރައްވާ.“ အခန်းကိုကြည့်ပါ။ |
އީސާގެފާނު އެއްރަށެއްގައި ވަނިކޮށް އެކަލޭގެފާނު ހުންނެވިތަނަށް ޖުޒާމުބަލި ޖެހި މުޅި ހަށިގަނޑު ފާރުން ފުރިފައި ވީ މީހަކު އައެވެ. މިމީހާއަށް އީސާގެފާނު ފެނުމާއިއެކު އެކަލޭގެފާނުގެ ކުރިފުޅުމަތީ މޫނުވަތަށް ބިންމައްޗަށް ވެއްޓި އޮވެ އާދޭސްދެންނެވި އެވެ. ”މާތްސާހިބާ! ކަލޭގެފާނު އެދިވަޑައިގަންނަވާނަމަ، ކަލޭގެފާނަށް އަޅުގަނޑު މި ބަލިން ފަސޭހަކޮށް ސާފުތާހިރު ކުރެވިދާނެ.“