Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 17:1 - ކިތާބުލް މުޤައްދަސާ

1 އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އިންސާނުންނަށް ފާފަ ކުރެވޭ ކަހަލަ ކަންތަކާއި ދިމާވާނެ. އެކަމަކު އެ ފާފަ ކުރެވޭ ކަހަލަ ކަންތައް ކުރުމަށް މެދުވެރިއަކަށް ވާ މީހަކަށް ހިތާމަ ހުރި.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 17:1
14 ပူးပေါင်းရင်းမြစ်များ  

މިހެން ޕަތަރަސް ދެންނެވުމުން އެކަލޭގެފާނު އޭނާއާ ދިމާއަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. ”⁠އަހަރެންގެ ކައިރިން އެއްކިބާވޭ، ޝައިތާނާ! ތިއުޅެނީ އަހަރެންގެ މަގަށް ހުރަސްއަޅަން. ތިބާގެ ތިޔަ ވިސްނުމަކީ މާތްރަސްކަލާނގެ ކިބަފުޅުގައިވާ ވިސްނުމެއް ނޫން. ތިއީ އިންސާނީ ވިސްނުމެއް.⁠“


ފާފައިގެ ވަސްވާސްތަކުގެ ސަބަބުން ދުނިޔޭގެ މައްޗަށް ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! ފާފައާ ދިމާއަށް މީހުން ދާނެކަމީ ޝައްކެއް ވެސް ހުރި ކަމެއް ނޫން. އެކަމަކު މީހަކު ލައްވާ ފާފަ ކުރުވާ މީހާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއޭ!


ދެން އިބްރާހީމްގެފާނު ވިދާޅުވިއޭ. ’⁠އެމީހުން މޫސާގެފާނާއި އަދި ނަބީބޭކަލުން ވިދާޅުވި ބަސްފުޅުތަކުގެ އަޑުނާހާ އުޅޭ ނަމަ މަރުވެފައިވާ މީހަކު އަލުން ދިރިގެން ދިޔަސް އެމީހުންގެ ހިތާއި އުޅުމެއް ބަދަލެއް ނުކުރާނެއޭ.⁠‘⁠“


މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅުން އެނގިގެންވާގޮތުގައި ފަހު ދުވަސްތަކުގައި އެކަލޭގެފާނު ވަރަށް ސާފުކޮށް އަންގައިދީފައިވާ ގޮތުން ބައެއް މީހުންގެ އީމާންތެރިކަން ގެއްލި އަދި ނުބައި ރޫޙުތަކުގެ ދަށުގައިވެ، ޝައިތާނީ ފަތުވާތަކުން އެމީހުން މޮޔަ ހައްދާނެއެވެ.


ނަމަވެސް ތިޔަބައިމީހުންނާއި އަހަރެން ދެބަސްވާ ބައެއް ކަންތައްތައް އެބަހުރި. އެއީ ތިޔަބައިމީހުންގެ ތެރެއިން ބަޔަކު ބަލާމުގެ އުނގަންނައިދިނުމާއި އެއްގޮތަށް ކަންތައްކުރޭ. ބަލާމު، ބަނީއިސްރާއީލުންގެ މީހުން ލައްވާ ފާފަކުރުވުމަށް ބާލަކަށް ވިސްނައިދިން. އޭގެސަބަބުން އެމީހުން ބުދުތަކަށް ޤުރުބާން ހުށަހެޅުވައިފައިވާ ކާނާ ކައި ޖިންސީ ފާޙިޝް އަމަލުތައް ހިންގި.


ނަމަވެސް ތިޔަބައިމީހުންނާއި އަހަރެން ދެކޮޅުވާ ކަމަކީ މިއީ: ތިޔަބައިމީހުން އީޒާބަލްއޭ ކިޔާ އަންހެނާ އާއިމެދު ކެތްތެރިވި. އޭނާ އަމިއްލަ ނަފްސަށް އޭނާއަކީ މާތްރަސްކަލާނގެ ފޮނުއްވި ރަސޫލެއް ކަމަށް ދަޢުވާކުރޭ. އަދި އޭނާގެ އުނގަންނައި ދިނުންތަކުން އަހަރެންގެ ޚާދިމުންނަށް ނުބައިވެގެންވާ މަގު ދައްކުވައި ޖިންސީ ފާފަތަކަށް އަރައިގަތުމަށް އާދަ ކުރުވައި، ބުދުތަކަށް ޤުރުބާން ކުރެވުނު ތަކެތި ކެއުމަށް އެންގި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ