Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 16:9 - ކިތާބުލް މުޤައްދަސާ

9 އަހަރެން ބުނަންތަ؟ ކަލޭމެން އެހެން މީހުންގެ ފައިދާއަށްޓަކައި އަދި ރައްޓެހިންނަށްޓަކައި ދުނިޔެވީ މުދަލުގެ ބޭނުން ކުރޭ. އޭރުން ކަލޭމެންގެ ދީލަތިކަމުގެ ސަބަބުން ސުވަރުގޭގައި ކަލޭމެންނަށް ދެމިހުރި މަންޒިލެއް ލިބޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 16:9
28 ပူးပေါင်းရင်းမြစ်များ  

ބުއްދިވެރިޔާ މުއްސަނދިކަމުގެ ތާޖް އަޅައެވެ. މޮޔަމީހާ ވާނީ ހައްތަހާ މޮޔައެވެ.


ފަގީރަކަށް އެހީވެއްޖެނަމަ އެއީ މާތްރަސްކަލާނގެ ކިބަފުޅަށް ދޫކުރެވޭ ދަރަންޏެކެވެ. އެކަލާނގެ އެ ދަރަނި އަދާކޮށް ދެއްވާނެއެވެ.


އެހެނީ އެސްފިޔައެއް ޖަހާހާ އަވަހަށް މުދާތައް ގެއްލިދެއެވެ. ފިޔަފަޅާފައިވާ ބާޒެއްހެން އުދުހިދެއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިބާ ފުރިހަމަ މީހަކަށް ވާން އެދޭނަމަ ގޮސް ތިބާގެ މިލްކުގައިވާ އެންމެހާ ތަކެތި ވިއްކާލާ. އަދި އެފައިސާ ފަގީރުންނަށް ހޭދަކުރޭ. މިފަދައިން ތިބާ އަމަލުކޮށްފިނަމަ، ތިބާއަށް ސުވަރުގޭގައި ޚަޒާނާއެއްވާނެ. އެއަށް ފަހު އަހަރެންނާއި އެކުގައި އާދޭ.⁠“


”⁠ތިޔަބައިމީހުންގެ ޚަޒާނާތައް މި ދުނިޔޭގައި ރައްކާތެރި ނުކުރޭ. ބަޅިނދުތައް އެ ކައި، އަދި އެ ތަކެތީގައި ދަބަރު ޖަހައި އެ ޚަޒާނާތައް ނެތިވެދާނެ. އަދި ވަގުން އައިސް އެ ޚަޒާނާތައް ހުރި ގުދަން ހަލާކު ކޮށްލުމަށް ފަހު ވަގަށް ނަގައިފާނެ.


އެއްވެސް މީހަކަށް ދެ ވެރިޔަކަށް ޚިދުމަތެއް ނުކުރެވޭނެ. އެކަކު ދެކެ އޭނާ ނަފްރަތުކޮށް އަނެކަކު ދެކެ އޭނާ ލޯބިވާނެ. ނޫނީ އެކަކާއި މެދުގައި އޭނާ ފުރާނަދޭ ފަދައިން ޝައުގުވެރިކަން ހުންނާނެ. އަދި އަނެއް ވެރިޔާގެ އަގުވައްޓައިލާނެ. އެގޮތުން ތިޔަބައިމީހުންނަށް ވެސް ޚިދުމަތް ކުރެވޭނީ މުއްސަނދިކަމަށް ނުވަތަ މާތްރަސްކަލާނގެއަށް. މީގެ ތެރެއިން ކޮންމެވެސް އެއް ކަމަކަށް.⁠“


ކަލޭމެން ދަހިވެތިކަމާއި އެކު ތިޔަ ރައްކާކޮށްފައިވާ ތަކެތި ފަގީރުންނަށް ދީ. އޭރުން ކަލޭމެންގެ އެތެރެފުށާއި ބޭރުފުށް ވެސް ސާފުވާނެ.


ކަލޭމެންގެ މުދާތައް ވިއްކާލާފައި އެ ލާރި ފަގީރުންނަށް ދީ. ކަލޭމެންނައްޓަކާ ބާވެ ހަލާކުވެގެން ނުދާ ފަދަ ފައިސާ ދަބަސްތައް ތައްޔާރު ކުރޭ. ކަލޭމެންގެ ޚަޒާނާތައް ސުވަރުގޭގައި ތައްޔާރު ކުރޭ. އެތާނގައި ވާ ޚަޒާނާއެއް ދުވަހަކު ވެސް ހުހެއް ނުވާނެ. އެއީ އެތާނގައި ވާ ޚަޒާނާއެއް ކޮނެގެންނެއް ނުނެގޭނެ. އަދި އެއްވެސް ވަގަކަށް ވެސް އެޚަޒާނާ އަކާއި ކައިރިއެއް ނުވެވޭނެ. އަދި އެއްވެސް ފަންޏަކަށް ވެސް އެޚަޒާނާއެއް ނުކެވޭނެ.


އޭރުން ކަލެއަށް ރަޙުމަތް ލައްވާނެ. އެއީ އެމީހުންނަށް އޭގެ އަގު ދޭން ނުލިބުނު ކަމުގައި ވިޔަސް ޤިޔާމަތް ދުވަހުން މާތްރަސްކަލާނގެ ކިބަފުޅުން ބަރަކާތާއި އެކަލާނގެ ރުހިވޮޑިގަތުން ކަލެއަށް ލިބޭނެ.⁠“


ކަލޭމެން ދުނިޔެވީ މުދަލުގެ މައްޗަށް ތެދުވެރި ނުވާ ނަމަ ޙަޤީޤީ މުދާ ކަމުގައިވާ ސުވަރުގޭގެ މުދާ ކަލޭމެންގެ އަތް މައްޗަށް ދޫކޮށްލުމަށް އިތުބާރު ކުރެވޭނީ ކިހިނެއް؟


އެއްވެސް ނޯކަރަކަށް ދެ ވެރިއެއްގެ ކައިރިއަކު އެއްފަހަރަކާ މަސައްކަތެއް ނުކުރެވޭނެ. އެއީ އޭނާ އެކަކުގެ މައްޗަށް ލޯބިވާނެ. އަދި އަނެކަކުގެ މައްޗަށް ނުރުހޭނެ. ނޫނީ އެކަކަށްޓަކައި އޭނާ ޖާނުދޭނެ. އަދި އަނެކަކު ގެ މައްޗަށް ނަފްރަތު ކުރާނެ. އެއްވެސް މީހަކަށް މާތްރަސްކަލާނގެ ކިބަފުޅަށާއި ފައިސާއަށް އެއްފަހަރަކާ ޚިދުމަތެއް ނުކޮށްދެވޭނެ.⁠“


އާނއެކޭ. ހަދާނެ ގޮތެއް އެނގިއްޖެއޭ. އޭރުން އަހަރެންގެ ވަޒީފާ ގެއްލުނަސް މިތާގެ މީހުން އަހަރެންނަށް ތާއީދުކޮށް އެމީހުންގެ ގޭގެއަށް އަހަންނަށް ދަޢުވަތު ދޭނެއޭ.⁠‘


އެމީހާ ބުނި. ’⁠ކޮރުނޭލިޔުސް އޭ. މާތްރަސްކަލާނގެ ކަލޭގެ ދުޢާތަކުގެ އަޑު އައްސަވައިފިއޭ. އަދި ކަލޭ ފަގީރުންނަށް ވަމުން ދާ އެހީތައް ވެސް އެކަލާނގެ ދެނެވޮޑިގެންވެއޭ.


ކޮރުނޭލިޔުސް އަށް މި މަލާއިކަތާ ފެނުމުން ހައިރާންވެ ބިރުގަނެ ބުންޏެވެ. ”⁠އާދެ ސާހިބާ. ކީއްތޯވީ؟⁠“ މަލާއިކަތާ ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ކަލޭގެ ދުޢާތައް އައްސަވާ ވޮޑިގެންވޭ. އަދި ކަލޭ ފަގީރުންނަށް ދެމުން ދާ އެހީތައް ވެސް އެކަލާނގެ ދެނެވޮޑިގެންވޭ.


އަދި ތިޔަބައިމީހުން މާތްރަސްކަލާނގެ ލޯބިފުޅާއެކު އުޅެމުން ގެންދާށެވެ. އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ ރަޙުމަތާއެކު ތިޔަބައިމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވާނެ ދުވަހަކަށް ބަލަބަލައި ތިބޭށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ