Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 16:4 - ކިތާބުލް މުޤައްދަސާ

4 އާނއެކޭ. ހަދާނެ ގޮތެއް އެނގިއްޖެއޭ. އޭރުން އަހަރެންގެ ވަޒީފާ ގެއްލުނަސް މިތާގެ މީހުން އަހަރެންނަށް ތާއީދުކޮށް އެމީހުންގެ ގޭގެއަށް އަހަންނަށް ދަޢުވަތު ދޭނެއޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 16:4
6 ပူးပေါင်းရင်းမြစ်များ  

މިއަޅާ މުއްސަނދި ވެއްޖެނަމަ މިއަޅާ އިނބަރަސްކަލާނގެއަށް އިންކާރުކުރެވި މިހެން ބުނެވިދާނެއެވެ. ”⁠މާތްރަސްކަލާނގެއަކީ ކާކުހެއްޔެވެ؟⁠“ މިއަޅާ ފަގީރު ވެއްޖެނަމަ މިއަޅާއަށް ވައްކަން ކުރެވިދާނެއެވެ. އޭރުން އިނބަރަސްކަލާނގެ މާތް ނަންފުޅަށް ހުތުރު އެރުވުނީއެވެ.


މި މެނޭޖަރު ހިތާ ހިތާ ބުނި. ’⁠އަހަރެން ހަދާނީ ކިހިނެއްބާއޭ؟ މަގޭ ވެރިމީހާ މަ މި ވަޒީފާއިން ވަކިކުރަނީއޭ. އަހަރެންނަކީ ބިންކޮނެވޭ ވަރުގެ ހަށިގަނޑުގައި ބާރު ހުރި މީހެއް ނޫނޭ. އަދި އަހަރެން ސަލާންޖަހަން ލަދުގަނޭ.


ދެން އޭނާ އޭނާގެ ވެރިމީހާއަށް ދަރާފައިވާ ހުރިހާ މީހުން ފަހަރަކު މީހަކު ގެ މަތިން އޭނާގެ ކައިރިއަށް ގެނައި. މީނާ އޭގެތެރެއިން ފުރަތަމަ މީހާ ކުރެން ސުވާލު ކުރި. ’⁠ކަލޭ އަހަރެންގެ ވެރިމީހާއަށް ދަރައި އޮތީ ކިހާވަރެއް ހޭ؟⁠‘


އަހަރެން ބުނަންތަ؟ ކަލޭމެން އެހެން މީހުންގެ ފައިދާއަށްޓަކައި އަދި ރައްޓެހިންނަށްޓަކައި ދުނިޔެވީ މުދަލުގެ ބޭނުން ކުރޭ. އޭރުން ކަލޭމެންގެ ދީލަތިކަމުގެ ސަބަބުން ސުވަރުގޭގައި ކަލޭމެންނަށް ދެމިހުރި މަންޒިލެއް ލިބޭނެ.


ޙަސަދަވެރިވުމާއި އަމިއްލަ އެދުމަކީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދަ ޙިކުމަތްތެރިކަމެއް ނޫނެވެ. އެފަދަ ޙިކުމަތްތެރިކަން ލިބިދެނީ ޝައިތާނާގެ ފަރާތުންނެވެ. އެ ފަދަ ޙިކުމަތްތެރިކަމަކީ ދުނިޔަވީ މާއްދީ އަދި ރޫޙާނިއްޔަތުކަމެއް ނެތް ނުބައި ޙިކުމަތްތެރިކަން ވެސްމެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ